ޕޮލިސް ކޮމިޝަނަރު ވަކިކުރަން ލަފާ ދިނުމަށް މަޖިލީހުން ނިންމައިފި

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 26 ނޮވެންބަރު 2025 20:02
ޕޮލިސް ކޮމިޝަނަރު ވަކިކުރަން ލަފާ ދިނުމަށް ނިންމައިފި
ޕޮލިސް ކޮމިޝަނަރު ވަކިކުރަން ލަފާ ދިނުމަށް ނިންމައިފި
ޚުލާސާ

ފުލުހުން ޢަމަލުކުރަން ޖެހޭ ޕްރޮފެޝަނަލް ސްޓޭންޑަޑާއި ޚިލާފުވެފައި ވާތީވެ ސީޕީ ނަވީނާއި އަދިވެސް ޕޮލިހުގެ އިސް ވެރިންތަކެއް ސަސްޕެންޑު ކުރުމަށް ލަފާ ދޭން ނިންމައިފި

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑާއި ޚިލާފު ވެފައިވާތީވެ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީނާއި ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑު ކުރަން ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ސިއްރު ބައްދަލުވުމުގައި ނިންމައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއަށް މަޤާމުގެ ލިޔުން ޙަވާލު ކުރެއްވީ ޖޫން މަހުގެ 10 ގައެވެ.

ސީޕީގެ މަޤަމަށް ނަވީން އައްޔަން ކުރެއްވީ މި ސަރުކާރުގައި އެންމެ ފުރަތަމަ އެ މަޤާމަށް އައްޔަންކުރެއްވި ޢަލީ ޝުޖާއު މި އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝުޖާއުގެ އިސްތިއުފާ އާއި ގުޅިގެން އެ އިދާރާ ވަގުތީ ގޮތުން ހިންގީ ވެސް އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%