2025 ކުރީކޮޅު މާލެ ސަރަޙައްދުގެ ސިއްޙީ ނިޒާމަށް 117 އެނދު އިތުރުކުރެވި، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އެނދުގެ ކެޕޭސިޓީ 433 އަށް އިތުރުވެގެންދާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވެއްޖެ.
706 ދުވަސް ކުރިން - 18:19
މަރުވެފައި އޮއްވާ ފެނުނީ މއ. ހުދު އަކިރި، އަބްދުﷲ ހަސަން (53 އަހަރު).
713 ދުވަސް ކުރިން - 10:51
އައިޖީއެމްއެޗްގައި އައިވީއެފްގެ ޚިދުމަތް މިއަހަރު ފެށުމަށް ފާޓިލިޓީ ސެންޓަރު މިހށރު ވަނީ ތަރައްގީކޮށް ނިމިފައި. މި ޚިދުމަތަކީ ރައީސްގެ ވަޢުދުފުޅެއް.
748 ދުވަސް ކުރިން - 19:19
އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރާކުރާ މާބަނޑު އަންހެނުންނާއި ޅަދަރިމައިންނަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދިނުމުގެ އުސޫލު އަލުން ތަންފީޒުކުރަން ފަށައިފި. މިއީ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް އިޖާބަދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް.
763 ދުވަސް ކުރިން - 17:49
މާލޭގެ އައިޖީއެމްއެޗް ސަރަހައްދުގައި އާ ޑްރެއިން ސިސްޓަމެއް ޤާއިމުކުރުމާ ގުޅިގެން، އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި.
765 ދުވަސް ކުރިން - 06:31
އައިޖީއެމްއެޗުން ބުނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާއި ގުޅިގެން އަންނަ ހޮނިހިރު ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށް.
774 ދުވަސް ކުރިން - 23:13
އައިޖީއެމްއެޗުން ބުނީ ޑރ. ފަޒުނާ ޚާއްސަވަނީ ކުޑަކުދިންގެ ކިބައިން ހުންނަ އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމުގެ ދާއިރާއިން ކަމަށް. އޭނާ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން.
774 ދުވަސް ކުރިން - 23:04