މާލޭގެ ގުލާބީމަގުގައި ހުންނަ ގެއަކުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގެ ރިޕޯޓު ލިބުމާއި ގުޅިގެން ފުލުހުން އެ ގެއަށް ގޮސް، އެތަނުން ފެނުނު މީހާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗާއި ޙަވާލާދީ ފުލުހުން ބުނެއެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއަކީ މއ. ހުދު އަކިރި، އަބްދުﷲ ހަސަން (53 އަހަރު) ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް ކަމަށާއި، މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.









