އަންނަ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގެ ބައެއް ކްލިނިކަލް ޚިދުމަތްތައް ނުލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާއި ގުޅިގެން އޮކްޓޯބަރު 5 ވާ ހޮނިހިރު ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.
އެ ޚިދުމަތްތައް ބަންދުވި ނަމަވެސް، އައިޕީޑީ އަދި އިމަޖެންސީ ޚިދުމަތްތައް ލިބޭނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. އެގޮތުން އިމަޖެންސީ ޚިދުމަތް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޚާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ދަރުބާރުގޭގައެވެ.









