އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވެއްޖެ

އާނާ ފަހީމް | 415 ދުވަސް ކުރިން - 12 އޮކްޓޯބަރު 2024 06:31
ފެން ބޮޑުވެފައިވާ އައިޖީއެމް ހޮސްޕިޓަލް ސަރަޙައްދުން މީހަކު ހިނގާފައި ދަނީ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް އައު ޑްރެއިން ސިސްޓަމަކާއެކު އެމްއެންޑީއެފުން އެ ސަރަޙައްދުގައި ފެން ބޮޑުވާ މައްސަލަ ހައްލުކޮށްފައި
ފެން ބޮޑުވެފައިވާ އައިޖީއެމް ހޮސްޕިޓަލް ސަރަޙައްދުން މީހަކު ހިނގާފައި ދަނީ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް އައު ޑްރެއިން ސިސްޓަމަކާއެކު އެމްއެންޑީއެފުން އެ ސަރަޙައްދުގައި ފެން ބޮޑުވާ މައްސަލަ ހައްލުކޮށްފައި
ޚުލާސާ

މާލޭގެ އައިޖީއެމްއެޗް ސަރަހައްދުގައި އާ ޑްރެއިން ސިސްޓަމެއް ޤާއިމުކުރުމާ ގުޅިގެން، އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ސަރަހައްދުގައި އަލަށް ޤާއިމުކުރެވުނު ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމާއި ގުޅިގެން، އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި ބޯކޮށް ވާރޭވެހޭ ދުވަސްވަރު، އައިޖީއެމްއެޗް ސަރަހައްދަކީ އާންމުކޮށް ވަރަށް ބޮޑަށް ފެންބޮޑުވެ، ފެން ހިންދުމަށް ގިނަ ވަގުތު ނަގާ ސަރަހައްދެކެވެ. ނަމަވެސް އަލަށް ބެހެއްޓުނު ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމާއި ގުޅިގެން މިހާރު އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލަ ވަނީ ހައްލުވެފައެވެ.

މި މަޝްރޫޢާ ގުޅޭ ގޮތުން އިމާރާތްރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މިއީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާއި ގުޅިގެން ދިފާއީ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢު ފެށިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ، "ހުރިހާ މުއައްސަސާއަކުން ދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކައުންސިލްގެ އަމާޒަކީ އެތައް ޒަމާނެއްވެފައިވާ މި މައްސަލައަށް އެންމެނާ ގުޅިގެން އަވަސް ހައްލެއް ގެނެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަމަށް ދާއިމީ ހައްލު ގެނައުން" ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލައަށް މުޅިން ހައްލު ނުލިބުނު ނަމަވެސް، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރެވި، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ޑރ. މުއްތަލިބު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%