އިނގިރޭސިވިލާތުން ހުށަހެޅި މި ގަރާރު ޢަމަލީގޮތުން ތަންފީޒުކޮށް، ޔަމަނުގެ ގާނޫނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ޖީ.ސީ.ސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުޙައްމަދު އަލްބުދައިވީ ވަނީ އެދިވަޑައިގެންފަ. އދ.ގެ މި ގަރާރުގައި ޖުމްލަކޮށް ބުނަނީ ޙޫޘީންގެ ހަމަލަތައް ހުއްޓުވައި ސަރަހައްދު އަމާންކުރުން.
1 ދުވަސް ކުރިން - 09:05
ޔަމަނުގެ ސަރުކާރުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ މާރިބް، ތަޢިއްޒު، އަދި ޠުރް އަލް-ބަހާ ފްރަންޓްތަކުގައިވާ ހޫޘީންގެ މަރުކަޒުތަކަށް 19 ވައިގެ ހަމަލާއެއް ދީ 260 އަށް ވުރެ ގިނަ ޙޫޘީ ހަނގުރާމަވެރިން ނައްތާލާފަ.
6 ދުވަސް ކުރިން - 09:27
ވައިގެތެރޭގައި ސައޫދީން ގޮއްވައިލި ދެމިސައިލަކުން ބުރައިގެން ދިޔަ ތަކެތީގެ ސަބަބުން ކޮންސްޓްރަކްޝަން އިމާރާތަކަށް ގެއްލުން ލިބުނު. ޙޫޘީން ބުނަނީ އަމާޒަށް ވާސިލުވި ކަމަށް.
19 ދުވަސް ކުރިން - 00:28
ހަމްދާން ފެކްޓްރީގެ ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭކަން ކަށަވަރުވެ، ޒަޚަމްވި މީހުންގެ ޢަދަދު 15 އަށް އަރައިފި. މި ހަދިސާގައި މިހާތަނަށް ޖުމްލަ 8 މީހުން ވަނީ މަރުވެފަ.
22 ދުވަސް ކުރިން - 23:58
މިސައިލް އަމާޒުކޮށްފައިވަނީ ރިޔާޟުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް. ނަމަވެސް، ސައުދީގެ ދިފާޢީ ނިޒާމުން ވަނީ މިސައިލް އޭގެ އަމާޒަށް ވާސިލްވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބު ކޮށްލާފަ.
22 ދުވަސް ކުރިން - 09:54
ހަމަލާ އަމާޒުކޮށްފައިވަނީ އަލްޖައުފު ސަރަހައްދުގައި ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިންނަށް އަސްކަރީ އެހީތެރިކަމާއި ހަތިޔާރު ފޯރުކޮށްދިނުމަށް ގެންދިޔަ ކޮންވޯއަކަށް. މި އޮޕަރޭޝަނުގައި ހޫޘީންގެ އަސްކަރީ އުޅަނދުތަކަކާއި ހަތިޔާރުތަކެއް އެއްކޮށް ހަލާކުކޮށްލައިފި.
23 ދުވަސް ކުރިން - 18:20
ޔަމަނުގެ ތަޢިއްޒު ސިޓީގެ ހުޅަނގުން އޮންނަ ޖަބަލްޚާން ފަރުބަދަ ސަރަޙައްދުގައި ޔަމަން ސަރުކާރުގެ ސިފައިންނާއި ޖަޔަންޓް ފޯސަސް ގުޅިގެން، ޙޫޘީންގެ އަތްދަށުން އެތަން މިނިވަން ކުރުމަށް ދަނީ ޙަމަލާތައް ދެމުން.
24 ދުވަސް ކުރިން - 09:29
ޙޫޘީންގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި، މި ބުރޫތައް ކުރިމަތިވެފައިވަނީ ސައުދީން ޞަންޢާއަށް އަޅަމުންދާ ބޮންތަކުގެ ބަދަލުހިފުމަށް ޙޫޘީން ފޮނުވާލި ދުރުރާސްތާ މިސައިލް ނުވަތަ ޑްރޯން ނުރައްކަލުގެ ސަބަބުން، އެއާޕޯޓުގެ ރޭޑިއަސް ބަންދުކުރަން ސައުދީއަށް މަޖުބޫރުވުމުންނ.
26 ދުވަސް ކުރިން - 10:44
މި ހާދިސާ ހިނގާފައި ވަނީ ޝަބްވާ ޕްރޮވިންސްގެ އަސްކަރީ ތަމްރީނުދޭ މަރުކަޒެއްގައި ސިފައިންގެ އައު ބެޗެއްގެ ތަމްރީނުތައް ކުރިއަށްދަނިކޮށް. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހޫޘީން ފޮނުވާލި މިސައިލް އަމާޒުވެފައި ވަނީ ސިފައިން ހެނދުނުގެ ކަސްރަތާއި ތަމްރީނުތަކަށް އެއްވެ ތިބި މައިދާނަށް.
26 ދުވަސް ކުރިން - 10:25
އަލް-ހައުބާންގެ މައި ބަސް ޓާމިނަލް ޔަމަނު ސަރުކާރުގެ ދަށަށް. ޙޫޘީން ބުނީ ތިމްނަނާމެން މިހާރު މި ތިބީ ސަރުކާރުގެ ސިފައިން ވަށާލައިގެން ކަމަށް!
27 ދުވަސް ކުރިން - 14:18
އަސްކަރީ މަސްރަޙު ދިރާސާކުރާ ބައިނަލްއަގުވާމީ މާހިރުން ފާހަގަކުރާ ގޮތުގައި، އަލް-ހައުބާންގެ އެތެރޭގައި ހިނގަމުންދާ ކުރިމަތިލުންތަކަކީ ތަޢިއްޒުގެ ހަނގުރާމައިގެ މުސްތަގުބަލު ކަނޑައަޅާނެ ކުރިމަތިލުން. ސައޫދީން ގެންދަނީ ބަރަށް ވަރުގަދަޔަށް ޙޫޘީންގެ ހަތިޔާރު ގުދަންތަކަށް ޙަމަލާ ދެމުން.
27 ދުވަސް ކުރިން - 09:23
ސައުދީ އިއްތިހާދުގެ އަސްކަރީ ދިފާޢީ ބާރުތަކުން ވަނީ ޔަންބުޢުގެ ވައިގެ ސަރަހައްދުން މި މިސައިލް ހިފަހައްޓައި، ވައްޓާލާފަ.
29 ދުވަސް ކުރިން - 13:13
ރެޑް އެލާޓް ނެރުނީ އަސީރު ޕްރޮވިންސުގެ ދެ ސިޓިއަކަށް. އެއީ ޔަމަނުގެ ސަރަޙައްދީ ރޮނގާ ކައިރީގައި އޮންނަ ސަރަޙައްދެއް.
29 ދުވަސް ކުރިން - 13:04