Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

އެޗްޑީސީ

ހުޅުމާލޭގެ 20 ކިއޮސްކަށް 183 މީހުން ކުރިމަތިލި، ގުރުނެގުން އާދިއްތަ ދުވަހު ބާއްވަނީ

ހުޅުމާލޭގެ 20 ކިއޮސްކަށް 183 މީހުން ކުރިމަތިލި، ގުރުނެގުން އާދިއްތަ ދުވަހު ބާއްވަނީ

ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އުމަރު ޒާހިރު ބިލްޑިންގްގެ ހަވަނަ ފަންގިފިލާގައި ކަމަށް އެޗްޑީސީން ބުނެފައިވޭ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކިއޮސްކްތައް ދޫކުރާއިރު، ކުލީގެ ގޮތުގައި މަހަކު 3،500 ރުފިޔާ ދައްކަންޖެހޭއިރު، އެކުއިޒިޝަން ފީގެ ގޮތުގައި 5،000 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 10،500 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އެޗްޑީސީން ބުނި.

720 ދުވަސް ކުރިން - 18:08

އެޕާޓްމަންޓް ގަންނަ ފަރާތްތަކުން ފައިސާ ދެއްކުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ގަންނަ ފަރާތްތަކުން ފައިސާ ދެއްކުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

އަސޭރިއާ މަޝްރޫޢު ފިޔަވައި ހުޅުމާލޭގައި އިމާރާތްކުރާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމެންޓްތައް ވިއްކުމުގެ މުޢާމަލާތް ކުރާނީ އިމާރާތްކުރާ ފަރާތާއި ގަންނަ ފަރާތާއި ދެމެދު އެއްބަސްވާ ގޮތުގެ މަތިން ކަމަށް. އެގޮތަށް ކުރިއަށްގެންދާއިރު ފައިސާގެ މުޢާމަލާތް ކުރަންވާނީ އެޗްޑީސީއާއި އިމާރާތްކުރާ ފަރާތާއި ދެމެދު ވެފައި އޮތް އެއްބަސްވުމާއި އެއްގޮތަށްކަމަށްވެސް އެޗްޑީސީން ބުނެފައިވޭ

721 ދުވަސް ކުރިން - 21:42

ހުޅުމާލެއިން ދޫކުރާ ޕޮކެޓް ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހުޅުމާލެއިން ދޫކުރާ ޕޮކެޓް ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހުޅުމާލޭގައި 8 ޒޯނަކުން ޖުމްލަ 1,374 ޕޮކެޓް ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ފަށައިފި. މި ޖާގަތައް ދޫކުރެވޭނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، މަހަކު 2,000 ރުފިޔާގެ ކުއްޔަކަށް ކަމަށް އެޗްޑީސީން ބުނެފައިވޭ.

722 ދުވަސް ކުރިން - 20:27

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް މާދަމާއިން ފެށިގެން އެހެން ތަނަކަށް ބަދަލުކުރަނީ

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް މާދަމާއިން ފެށިގެން އެހެން ތަނަކަށް ބަދަލުކުރަނީ

ގަވާއިދާ ޚިލާފަށް ދިގު މުއްދަތަކަށް ބަހައްޓާފައިވާ އުޅަނދުފަހަރު ޓޯކުރުމާއި، އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ހެނދުނު 8:00 ޖަހާއިރު ފެށުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފި. މިއީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް.

726 ދުވަސް ކުރިން - 21:35

ހުޅުމާލެ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކަން ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކަން ހުޅުވާލައިފި

އެޗްޑީސީން ބުނީ މި ބިންތައް ވިއްކާނީ ހަމައެކަނި ދިވެހިންނަށް ކަމަށް. އެގޮތުން އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބީލަމަށް ކުރިމަތިލެވޭނެ ކަމަށް އެޗްޑީސީން ބުނި. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ޙިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުނި.

727 ދުވަސް ކުރިން - 15:10

ހުޅުމާލެ 2 ގެ ގޯތިތަކުގައި އިމާރާތް ކުރެވޭނީ 6 ބުރިއަށް

ހުޅުމާލެ 2 ގެ ގޯތިތަކުގައި އިމާރާތް ކުރެވޭނީ 6 ބުރިއަށް

އާ އުސޫލުގެ ދަށުން، އިމާރާތުގެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށް ވަނީ ކަނޑައަޅާފައި. އަދި އިމާރާތުގެ އުސްމިން 16.5 މީޓަރަށްވުރެ އުސްނަމަ، ލިފްޓް ހަރުކުރުން ލާޒިމުކޮށްފައިވޭ. މީގެ އިތުރުން، ޓެރަސް ލާ ނަމަވެސް އިމާރާތުގެ އުސްމިން 18.5 މީޓަރަށްވުރެ އުސްވެގެން ނުވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވޭ.

730 ދުވަސް ކުރިން - 22:57

ހުޅުމާލެއިން ދޫކޮށްފައިވާ ހުސް ގޯތިތަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

ހުޅުމާލެއިން ދޫކޮށްފައިވާ ހުސް ގޯތިތަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

އެޗްޑީސީން ބުނީ އެފަދައިން ހުސް ބިމަށް ރަޖިސްޓްރީ ކުރެވޭނީ އެންމެ ކާރެއް ކަމަށާއި ރަޖިސްޓްރީ ކުރެވޭނީ ގޯތީގެ ވެރިފަރާތާ ނުވަތަ ވެރިފަރާތާ ޢާއިލީ ގޮތުން ގުޅުން އޮންނަ މީހެއްގެ ކާރެއް ކަމަށް. އަދި ރަޖިސްޓްރީ ކުރަން ހުށަހަޅާ މީހަކީ ވެރިފަރާތް ނޫން ނަމަ ވެރިފަރާތާ ޢާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަން ސާބިތުކޮށްދިނުމަށް ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނި.

730 ދުވަސް ކުރިން - 14:40

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ފުލުހުން ބުނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައިި ހުރި އުޅަނދުތައް ނަގަން އެންގީ އެޗްޑީސީއިން އެ ސަރަޙައްދު ސާފުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ކަމަށް. މި އުޅަނދުތައް މިރޭ 11 ގެ ކުރިން ނަގަން ވަނީ އަންގާފައި.

741 ދުވަސް ކުރިން - 11:46

Previous12345