
ސްޓޭޓް ހައުސްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން ވަނީ ރައީސްގެ އަރިހުން އެދިފައި.
25 ދުވަސް ކުރިން - 21:26
މި ބިނާ ފަރުމާކޮށްފައިވަނީ ދިވެހި ފަންނުވެރިކަމާއި އިސްލާމީ ޙަޟާރަތުގެ ފުރިހަމަކަން ދައްކުވައިދޭ ގޮތަށް. ކަޅުއޮށްފުންމީގެ ހަ ފަހުލަވާނުން ރަމްޒުކޮށްދޭ ގޮތަށް ހަ ތަނބުގެ މައްޗަށް ބިނާކޮށްފައިވާ މި ދޮރާށީގެ ސަބަބުން ތާރީޚީ އުތީމުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމަކާއި ދިރުމެއް ލިބިގެންދޭ.
26 ދުވަސް ކުރިން - 11:05
މި އަހަރުގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެއް. މިފަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އެރުވުމަށް ވަނީ ހަމަޖެހިފަ.
26 ދުވަސް ކުރިން - 10:54