Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުތީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

އުތީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
16 ގަޑިއިރު ކުރިން - 15 އޯގަސްޓް 2026 21:26
އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސް ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައީސް ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސްޓޭޓް ހައުސްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން ވަނީ ރައީސްގެ އަރިހުން އެދިފައި.

ހއ. އުތީމަށް ދިމާވެފައިވާ އެކި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު މެންދުރުފަހު އުތީމު ކައުންސިލް އިދާރާގައި އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް އެންމެ މުހިންމުވެފައިވާ ކަންކަން އޮޅުންފިލުއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ ރަށުގެ އުމްރާނީ ތަރައްގީއަށް ހުރި ބައެއް ދަތިތަކާއި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފަ އެވެ. އެގޮތުން ރަށުގެ ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް ވީހާވެސް އަވަސް ފުރުސަތެއްގައި ފެށިގެން ދިއުމަށް އުންމީދުކުރައްވާކަން ކައުންސިލުން ފާހަގަކުރި އެވެ. މީގެ އިތުރުން ސްޓޭޓް ހައުސްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިފަ އެވެ.

Advertisement

Advertisement 1

އިޖުތިމާޢީ ދާއިރާއިން ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން، އުތީމު ސިއްހީ މަރުކަޒުގައި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ޖުމްލަގޮތެއްގައި މުވައްޒަފުންގެ ދަތިކަން އޮތް މިންވަރު ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

ކައުންސިލުން ހުށަހެޅި ކަންކަމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ. އަދި އުތީމުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި، ފާހަގަކުރެވުނު މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ، އުތީމުގައި މިހާރު ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާކޮށްފަ އެވެ.

ހއ. އުތީމުރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

13 ގަޑިއިރު ކުރިން - 23:48

މަދު ބަޔަކު ގޯޅި އެޅިޔަސް، މުޅި ރާއްޖެ އެއިރުވެސް ނުކުތީ ޤައުމީ ފަޅިއަށް - ރައީސް

“މަދުބަޔަކު ގޯޅި އެޅިޔަސް، މުޅި ރާއްޖެ އެއިރުވެސް ނުކުތީ ޤައުމީ ފަޅިއަށް”

22 ގަޑިއިރު ކުރިން - 14:34

ލިބިފައިވާ ހައްގުތަކާއި ލުއިތައް ބޭނުންކުރިޔަސް، މަސައްކަތުގެ ވަގުތު އަމާނާތްތެރިވޭ – ރައީސް

ހައްގުތަކާއި ލުއިތައް ބޭނުންކުރިޔަސް، މަސައްކަތުގެ ވަގުތު އަމާނާތްތެރިވޭ – ރައީސް

23 ގަޑިއިރު ކުރިން - 14:01

ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބާއި އޭރުގެ ރާއްޖޭގެ ހާލަތު އެނބުރިގެން ދިޔަ ގޮތް ހަނދާނަން ގެންނަންޖެހޭ: ރައީސް

"ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބު ހަނދާނަށް ގެންނަންޖެހޭ"

23 ގަޑިއިރު ކުރިން - 13:47

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

23 ގަޑިއިރު ކުރިން - 13:46

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

1 ދުވަސް ކުރިން - 13:22