އަފީފް ވެފައިވަނީ އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ދެވަނަ ފަހަރަށް ހޯދި ތިންވަނަ ކުޅުންތެރިޔާއަށް. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ޖަޕާނުގެ ހިޑެތޯޝީ ނަކާޓާ އާއި އުޒްބެކިސްތާނުގެ ސަރްވަރް ޖެޕަރޯވް.
749 ދުވަސް ކުރިން - 13:35
ފްރެންޗް ފުޓްބޯޅަ ލީގުން ޕީއެސްޖީން އެމްބާޕޭއަށް 59.52 މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް ނިންމިޔަސް އެފައިސާ ދޫކުރުމަށް ޕީއެސްޖީން ދެކޮޅުހަދައި، މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އަންގައިފި.
753 ދުވަސް ކުރިން - 15:16
ނޭޕާލުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެންޓީމު ކޮޅަށް ފުރަތަމަ ހާފުގައި 4 ލަނޑު ޖެހިއިރު އަނެއް 8 ލަނޑު ޖެހީ ދެވަނަ ހާފުގަ. ފަހު މެޗުގައި ރާއްޖެ ދެން ނުކުންނާނީ ބޫޓާނާ ދެކޮޅަށް.
758 ދުވަސް ކުރިން - 00:09
އީގަލްސްގެ ކެޕްޓަން އަހުމަދު ރިޟްވާން 18 މެޗުން 27 ގޯލު ޖަހައި ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދިއިރު، ޕްރިމިއާ ލީގުގައި 100 ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ވެސް އޭނާ.
761 ދުވަސް ކުރިން - 11:18
މަނާ ބޭސް ބޭނުންކުރި ކަމަށް ތުހުމަތު ކުރެވުނު ޕޯލް ޕޮގްބާގެ ހަތަރު އަހަރުގެ ސަސްޕެންޝަން އިސްތިއުނާފު ކުރުމަށްފަހު 18 މަސް ދުވަހަށް ކުޑަކޮށް، އަންނަ އަހަރުގެ މާޗް މަހު ފުޓްބޯޅައަށް އެނބުރި އަންނާނެ.
762 ދުވަސް ކުރިން - 11:24
ޖަރުމަނުގެ ތޯމަސް ޓުޗެލް އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ކޯޗުގެ މަގާމާ ހަވާލުވާން އެއްބަސްވެ، އެ ޓީމު ލީޑްކުރާ އިނގިރޭސި ނޫން ތިން ވަނަ ކޯޗުގެ މަގާމު ހޯދައިފި.
763 ދުވަސް ކުރިން - 10:42
ޕްރިމިއާ ލީގުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއަކު ލަންޑަންގެ ހޮޓަލެއްގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފި. އުމުރުން 24 އަހަރުގެ ޒުވާނާ އެ ތުހުމަތުތަކަށް އިންކާރު ކުރޭ.
765 ދުވަސް ކުރިން - 08:46
ފުޓްބޯޅައިގެ ލެޖެންޑް އަންދްރޭސް އިނިއެސްޓާ އުމުރުން 39 އަހަރުގައި ރިޓަޔާކޮށް، ބާސެލޯނާ އާއި ސްޕެއިންގެ ކެރިއަރު ނިންމާލި ނަމަވެސް ކޯޗެއްގެ ގޮތުގައި ފުޓްބޯޅައިގައި ކުރިއަށްދާނެ
770 ދުވަސް ކުރިން - 12:18
ފާއިތުވި 10 އަހަރު ތެރޭގައި ގައުމީ ޓީމުގެ އެންމެ އަގުހުރި ކުޅުންތެރިޔާގެ ގޮތުގައި ގާއިމްވެފައިވާ މިޑްފީލްޑަރު ވަނީ ފްރާންސްގެ ގައުމީ ޓީމަށް ޖެހިޖެހިގެން 84 މެޗު ކުޅުމުގެ ރެކޯޑެއް ގާއިމްކޮށްފަ. ގްރީޒްމަން އަކީ އެ ޓީމުގެ ހުރިހާ ވަގުތެއްގައި ވެސް ގޯލް ޖެހި ހަތަރު ވަނަ ކުޅުންތެރިޔާ.
778 ދުވަސް ކުރިން - 15:51