ރިޒޭ އަކީ ޕްރިމިއާ ލީގުގައި 100 ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ

އުސްތާޛް މުޙައްމަދު ޢަލީ | 484 ދުވަސް ކުރިން - 18 އޮކްޓޯބަރު 2024 11:18
ރިޒޭ، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި ޙަވާލުވަނީ /. ފޮޓޯ: ރައީސް އޮފީސް
ރިޒޭ، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި ޙަވާލުވަނީ /. ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އީގަލްސްގެ ކެޕްޓަން އަހުމަދު ރިޟްވާން 18 މެޗުން 27 ގޯލު ޖަހައި ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދިއިރު، ޕްރިމިއާ ލީގުގައި 100 ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ވެސް އޭނާ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒްވާން (ރިޒޭ) އަށް ލިބިއްޖެއެވެ. އޭއެފްސީ ކަޕް ކޮލިފައިންގައި ވެސް އީގަލްސް އަށް ގޯލު ޖެހި ރިޒޭ ވެގެން ދިޔައީ ދިވެހީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 12 މެޗުގައި ލަނޑު ޖަހައިގެން އަދި ލީގުގައި 100 ގޯލް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރާއްޖޭގެ މިފަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ރިޒޭ އާއެކު ދެން ވާދަކުރީ މާޒިއާގެ ހަމްޒާ މުހައްމަދު (ހަމްޕޫ) އާއި އައިސަމް އިބްރާހިމް (ޓޯނީ) އެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ރިޒޭ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދިއިރު، އެކި ކުޅިވަރުތަކުން އެންމެ މޮޅު ކުޅިވަރު އެތުލީޓުންނަށް ވެސް ވަނީ އެވޯޑު ދިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ނައިބުގެ އިތުރުން ސަރުކާރުގެ އިސް ވެރިންނާއި ކުޅިވަރުގެ ފާހަގަކޮށްލެވޭ ކުރީގެ އެތުލީޓުން ވެސް ބައިވެރިވި މި ހަފްލާގައި އެތައް ދާއިރާއެއްގެ މަތީ ފަންތީގެ އެތުލީޓުންނާއި ކުޅިވަރުގައި އުޅޭ ފަރާތްތަކަށް އިނާމު ދީފައިވެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%