މަނާބޭސް ބޭނުންކުރިކަން އިންކާރުކޮށް ތިމަންނާއަކީމމައުސޫމް މީހެއް ކަމަށާއ، މަކަރުވެރިއެއް ނުންކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ޕޮގްބާ ޔުވެންޓަސް އަށް ކުޅެމުން ދަނިކޮށް މަނާ މާއްދާއަކަށް ޕޮޒިޓިވް ވުމުން މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ ހަތަރު އަހަރުގެ ސަސްޕެންޝަނަކާއި ކުރިމަތިލައި އެމައްސަލަ އިސްތިއުނާފް ކޮށްފައެވެ.
އިސްތިއުނާފު އަޑުއެހުންތަކަށް ފަހު ސަސްޕެންޝަންގެ މުއްދަތު 18 މަސް ދުވަހަށް ކުޑަކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ މާޗް މަހު އޭނާ އަލުން ދަނޑަށް ނުކުމެވޭނެއެވެ.
ތަމްރީނުތައް އަލުން ފަށާނީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ކަމަށްވާއިރު، .ޕޮގްބާ ނެރުނު ބަޔާނެއްގައި ވަނީ ފުޓްބޯޅައަށް ލޯބިވާކަން ހާމަކޮށް، ދުވަހަކުވެސް ގަސްތުގައި އޮޅުވާލައިގެން ނުވަތަ ކުޅިވަރާއި ދުރުވާ ފަދަ ސުލޫކުތަކެއް ނުކުރާނެ ކަމަށް ބާރުއަޅާފައެވެ. އަދި ނޭނގި ނަމަވެސް ޑޮކްޓަރަކު ލިޔެފައިވާ އެ މާއްދާ ބޭނުންކުރި ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފަ އެވެ.
މިޑްފީލްޑަރު މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލުމަށްފަހު 2022 ވަނަ އަހަރު ޔުވެންޓަސްއާ އަލުން ގުޅުނު ނަމަވެސް އަނިޔާތަކާއި ކުރިމަތިލާން ޖެހުނު އިރު، އޭނާ ކުޅެފައިވަނީ އެންމެ 12 މެޗެވެ.. ސަސްޕެންޝަން ކުރިއަށްދާ ނަމަވެސް، ޕޮގްބާ އިޓަލީގެ ކްލަބާއެކު 2026 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާއިރު، ސަސްޕެންޝަން އުވާލުމާއެކު ކެރިއަރު އަލުން ފެށުމަށް އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ.









