Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް ނެޕާލުން 11 ލަނޑު ޖަހައިފި

ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް ނެޕާލުން 11 ލަނޑު ޖަހައިފި

އުސްތާޛް މުޙައްމަދު ޢަލީ
597 ދުވަސް ކުރިން - 22 އޮކްޓޫބަރު 2024 00:09
ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް ނެޕާލުން 11 ލަނޑު ޖަހައިފި
ޚުލާސާ

ނޭޕާލުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެންޓީމު ކޮޅަށް ފުރަތަމަ ހާފުގައި 4 ލަނޑު ޖެހިއިރު އަނެއް 8 ލަނޑު ޖެހީ ދެވަނަ ހާފުގަ. ފަހު މެޗުގައި ރާއްޖެ ދެން ނުކުންނާނީ ބޫޓާނާ ދެކޮޅަށް.

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ދަނީ. މިމެޗުގައި ރާއްޖެ ބަލިވީ 0-11 ލަނޑުން/ / ފޮޓޯ: އޯލް ނޭޕާލް ފުޓުބޯލް އެސސޯސިއޭޝަން

ނޭޕާލުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް ނެޕާލުން 11 ލަނޑު ޖަހައިފިއެވެ.

Advertisement

Advertisement 1

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަޝްރަތު ރަންގްސަލާ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގައި ރާއްޖެއަށް އެންމެ ގޯލެއް ވެސް ނުޖެހުނުއިރު، ފުރަތަމަ ހާފުގައި ނޭޕާލުން ވަނީ ރާއްޖޭގެ ގޯލަށް ހަތަރު ލަނޑު ވައްދާފައެވެ. ބާކީ 8 ލަނޑު ނޭޕާލުން ޖެހީ ފަހުހާފުގައެވެ.

7 ޤައުމު ބައިވެރިވާ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން އޮތީ ލަންކާއާއި ބޫޓާނެވެ. ގުރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް އާއި، އިންޑިއާ އަދި ޕާކިސްތާނެވެ.

ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ސެމީއަށް ކޮލިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭގެ އެއްވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި މުބާރާތުގެ ދެވަނަ ސެމީގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެވަނަ ޓީމެވެ.

މުބާރާތުގެ ގުރޫޕް ބީގެ ތާވަލުގެ އެންމެ ފުލުގައި އޮތީ ރާއްޖެއެވެ. މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެ މައިނަސް 12 ގޯލާއެކު ގުރޫޕްގެ ހަތަރުވަނައިގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ފުރަތަމަ މެޗުގައި ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ. ގުރޫޕްގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ބުޓާނާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފްފުޓްބޯޅަޤައުމީ އަންހެން ފުޓްބޯޅަ ޓީމު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

8 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

8 ދުވަސް ކުރިން - 23:56

ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

"ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒު"

16 ދުވަސް ކުރިން - 13:35

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި

81 ދުވަސް ކުރިން - 02:10

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން: ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަން

ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނަން

129 ދުވަސް ކުރިން - 19:20

ރޮނާލްޑޯގެ 10 އަހަރުވީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

ރޮނާލްޑޯގެ 10 އަހަރުވީ ރެކޯޑެއް އެމްބާޕޭ މުގުރާލައިފި

130 ދުވަސް ކުރިން - 12:52