Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ފީފާ ވޯލްޑް ކަޕް

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

ދެވަނަ ހާފުގައި ބްރެޒިލުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާފަ. ނަތީޖާއަކަށްވީ 56 ވަނަ މިނެޓުގައި ކަސެމީރޯ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނުމެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ޖީ. މަގަލްހައެސް.

71 ދުވަސް ކުރިން - 00:01

ހައިޑްރޭޝަން ބްރޭކްތަކުގެ ސަބަބުން ބޮޑު ބަހުސެއް އުފެދިއްޖެ

ހައިޑްރޭޝަން ބްރޭކްތަކުގެ ސަބަބުން ބޮޑު ބަހުސެއް އުފެދިއްޖެ

ފީފާއިން މިއީ ކުޅުންތެރިންގެ ސަލާމަތަށް ކުރާ ކަމެއް ކަމަށް ބުނި ނަމަވެސް، ކޯޗުންނާއި ކުޅުންތެރިން ޝަކުވާކުރަނީ މީގެ ސަބަބުން މެޗުގެ ފޯރި ކެނޑި، މޮމެންޓަމް ގެއްލޭތީ. ހާއްސަކޮށް މޫސުން ރަނގަޅު ގަޑިތަކުގައާއި އޭސީ ކޮށްފައިވާ ސްޓޭޑިއަމްތަކުގައިވެސް މި ބްރޭކް ދޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ.

Previous12345Next

72 ދުވަސް ކުރިން - 10:18

ދެެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ފުރަތަމަ ފަހަރަށް ގަދަ 16 އަށް!

ދެެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ފުރަތަމަ ފަހަރަށް ގަދަ 16 އަށް!

ލޮސް އެންޖެލިސްގައި ކުޅުނު މި ފޯރިގަދަ މެޗަށްފަހު، ކެނެޑާގެ ކޯޗު ޖެސީ މާޝް ވަނީ ކުޅުންތެރިންގެ ހިތްވަރަށް ތައުރީފުކޮށްފަ. ކެނެޑާ ދެން ބައްދަލުކުރާނީ ނެދަލޭންޑްސް ނުވަތަ މޮރޮކޯއާ. މިއީ ކެނެޑާގެ ފުޓްބޯޅަ ތާރީޚުގައި އެ ގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީ.

72 ދުވަސް ކުރިން - 08:45

ވިނީޝިއަސްގެ ޖާދޫގައި ބްރެޒިލް ކުރިއަށް: ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފި

ވިނީޝިއަސްގެ ޖާދޫގައި ބްރެޒިލް ކުރިއަށް: ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފި

މިހާތަނަށް ކުޅުނު ތިން މެޗުގައި ހަތަރު ގޯލު ޖަހައި، އޭނާ ވަނީ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފަ. ނޭމާގެ ތައުރީފު ލިބިފައިވާ ވިނީޝިއަސްގެ އަމާޒަކީ ބްރެޒިލަށް ހަވަނަ ތަށި ހޯދައިދިނުން. ގަދަ 32 ބްރެޒިލް ދެން ނިކުންނާނީ ޖަޕާނާ ދެކޮޅަށް.

72 ދުވަސް ކުރިން - 21:59

ކޭޕް ވާޑޭ ތާރީހުގެ ތެރެއިން ވޯލްޑް ކަޕްގެ ގަދަ 32 އަށް

ކޭޕް ވާޑޭ ތާރީހުގެ ތެރެއިން ވޯލްޑް ކަޕްގެ ގަދަ 32 އަށް

ގްރޫޕް ސްޓޭޖުގައި ބަލިނުވެ ހިފެހެއްޓި މި ކުޑަ ގައުމު، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެން ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ. މި ތާރީހީ މެޗު އޮންނާނީ ޖުލައި 3 ވަނަ ދުވަހު މިއާމީގަ. މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ.

74 ދުވަސް ކުރިން - 13:25

ސްޕެއިން އަތުން ބަލިވެ އުރުގުއާއީ މުބާރާތުން ކަޓައިފި

ސްޕެއިން އަތުން ބަލިވެ އުރުގުއާއީ މުބާރާތުން ކަޓައިފި

ކީޕަރު ފެނާންޑޯ މުސްލޭރާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން 1-0 އިން އުރުގުއާއީ ބަލިކޮށް، ސްޕޭނުން އުރުގުއާއީ ކަޓުވާލައިފި. މި ބައްޔާއެކު އުރުގުއާއީއަށް މި ފަހަރުގެ ވޯލްޑް ކަޕް ނިމުނީ އެއްވެސް މެޗަކުން މޮޅުނުވެ، އެންމެ ދެ ޕޮއިންޓާއެކު ގްރޫޕުގެ ފުލަށް ގޮސްގެން. މިފަހަރު ސްކޮޑަށް ސުއަރޭޒް ނުނަގާ.

74 ދުވަސް ކުރިން - 08:02

މަންމަ މަރުވުމާއި ގުޅިގެން މިރޭގެ މެޗުގައި ފްރާންސްގެ ހެޑް ކޯޗު ނުފެންނާނެ

މަންމަ މަރުވުމާއި ގުޅިގެން މިރޭގެ މެޗުގައި ފްރާންސްގެ ހެޑް ކޯޗު ނުފެންނާނެ

މިރޭގެ މެޗުގައި ޓީމަށް އިރުޝާދު ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އޭނާގެ އެސިސްޓަންޓް ކޯޗު ގާއި ސްޓެފަން އާއި. މިރޭގެ މެޗަށްފަހު ހޮނިހިރު ދުވަހު ޑެޝޯމްޕްސް އަލުން އެނބުރި ފްރާންސްގެ ޓީމާ ގުޅޭނެ.

75 ދުވަސް ކުރިން - 17:00

ގްރޫޕްގެ އެއްވަނަ ހޯދުމަށް އެމްބާޕޭ ކުޅޭ ފޯރިގަދަ މެޗު މިރޭ

ގްރޫޕްގެ އެއްވަނަ ހޯދުމަށް އެމްބާޕޭ ކުޅޭ ފޯރިގަދަ މެޗު މިރޭ

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރު. ނަމަވެސް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކާއި ކޮލިފައިންގްގައި މީގެ ކުރިން 15 ފަހަރު ބައްދަލުކޮށްފައިވޭ. ފްރާންސް މޮޅުވީ 7 މެޗުން، ނޯވޭ މޮޅުވީ 4 މެޗުން، އެއްވަރުވީ 4 މެޗުން.

75 ދުވަސް ކުރިން - 16:40

ވޯލްޑް ކަޕް: ގްރޫޕް ސްޓޭޖުގައި ކުރިޔަށް ހުރި ފޯރިގަދަ މެޗުތައް

ވޯލްޑް ކަޕް: ގްރޫޕް ސްޓޭޖުގައި ކުރިޔަށް ހުރި ފޯރިގަދަ މެޗުތައް

ފީފާ ވޯލްޑްކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިހާރު ކުރިޔަށްދާއިރު، މުހިއްމު ބޮޑެތި ކުރިމަތިލުންތަކެއް ކުރިޔަށް އެބައޮތެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މެޗުތަކަކީ ފްރާންސް އާއި ނޯވޭ، ސްޕެއިން އާއި އުރުގުއޭ، އަދި ޕޯޗުގަލް އާއި ކޮލަމްބިއާ ބައްދަލުކުރާ މެޗުތަކެވެ.

75 ދުވަސް ކުރިން - 16:20

މިވަގުތާއި ހަމަޔަށް ގަދަ 32 ކަށަވަރުނުވާ ޓީމުތަކާއި، ކެޓި މަޝްހޫރު ޓީމުތައް!

މިވަގުތާއި ހަމަޔަށް ގަދަ 32 ކަށަވަރުނުވާ ޓީމުތަކާއި، ކެޓި މަޝްހޫރު ޓީމުތައް!

ބްރެޒިލް، އިންގްލެންޑް، ޕޯޗުގަލް އަދި ސްޕެއިން ދެވަނަ ބުރަށް ދިޔުމަށް ދެން ކުޅޭ މެޗުތަކަށް އިންތިޒާރު ކުރާއިރު، ތުރްކިޔޭ، ޕެނަމާ އަދި ޖޯޑަން ފަދަ ނަން މަޝްހޫރު ޤައުމުތައް ވަނީ ބާކީ އެއްމެޗު އޮއްވައި މުބާރާތުން ކަޓާފައެވެ.

76 ދުވަސް ކުރިން - 22:01

ގާނާއިން އިންގްލެންޑް ހިފަހައްޓައިފި، ދެ ޓީމުވެސް ގަދަ 32 އާ ގާތަށް

ގާނާއިން އިންގްލެންޑް ހިފަހައްޓައިފި، ދެ ޓީމުވެސް ގަދަ 32 އާ ގާތަށް

ރޭ ދަންވަރު ކުޅުނު މި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެން. މި ނަތީޖާއާއެކު ދެ ޓީމަށް ވެސް މިވަނީ 4 ޕޮއިންޓް ލިބިފަ. އެހެން ކަމުން ގްރޫޕް ރޭންކް ކަނޑައެޅޭނީ ފަހ މެޗަށްފަހު.

77 ދުވަސް ކުރިން - 10:20

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

މި މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖެހި. ދެން ގޯލުތައް ޖަހާފައިވަނީ މެންޑެސް، ލިއާއޯ އަދި އުޒްބެކިސްތާނު ކުޅުންތެރިއެއް ބައި ކޮޅަށް ޖެހި ގޯލެއް. މި ނަތީޖާއާއެކު ޕޯޗުގަލް ދެވަނަ ބުރަށް ދާނެ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައި.

77 ދުވަސް ކުރިން - 00:02