Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯލްޑް ކަޕް: ގްރޫޕް ސްޓޭޖުގައި ކުރިޔަށް ހުރި ފޯރިގަދަ މެޗުތައް

ވޯލްޑް ކަޕް: ގްރޫޕް ސްޓޭޖުގައި ކުރިޔަށް ހުރި ފޯރިގަދަ މެޗުތައް

ހުސައިން އިސްމާއިލް
67 ދުވަސް ކުރިން - 26 ޖޫން 2026 16:20
މިރޭ ކީލިއަން އެމްބާޕޭ (ވ) އާއި އާލިންގް ހާލަންޑް (ކ) ގެ ކުރިމަތިލުމެއް ފެންނާނެ.
މިރޭ ކީލިއަން އެމްބާޕޭ (ވ) އާއި އާލިންގް ހާލަންޑް (ކ) ގެ ކުރިމަތިލުމެއް ފެންނާނެ.
ޚުލާސާ

ފީފާ ވޯލްޑްކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިހާރު ކުރިޔަށްދާއިރު، މުހިއްމު ބޮޑެތި ކުރިމަތިލުންތަކެއް ކުރިޔަށް އެބައޮތެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މެޗުތަކަކީ ފްރާންސް އާއި ނޯވޭ، ސްޕެއިން އާއި އުރުގުއޭ، އަދި ޕޯޗުގަލް އާއި ކޮލަމްބިއާ ބައްދަލުކުރާ މެޗުތަކެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ފޯރި މިވަނީ ގަދަވެފައެވެ. ގަދަ 32 ގެ ބުރަށް ދަތުރުކުރާނެ ޓީމުތައް ކަށަވަރުވަމުންދާއިރު، ކުރިޔަށް ހުރި ބައެއް މެޗުތަކަކީ މުޅި މުބާރާތުގެ މިސްރާބު ބަދަލުކޮށްލާނެ ފަދަ މުހިއްމު މެޗުތަކެކެވެ. މި ބުރުގައި ދެން އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ ފޯރިގަދަ މެޗުތަކަށް ބަލާލަމާ ހިނގާށެވެ.

1. ނޯވޭ - ފްރާންސް (ގްރޫޕް އައި) މިރޭ 00:00 ގައި

Advertisement

Advertisement 1

މިއީ މުޅި ގްރޫޕް ސްޓޭޖުގައިވެސް ކުޅެވޭނެ އެންމެ ފޯރިގަދަ އެއް މެޗެވެ. މި މެޗު ވެގެންދާނީ ދުނިޔޭގެ އެންމެ ވަރުގަދަ ދެ ފޯވާޑުން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި އާލިންގް ހާލަންޑް ގެ ކުރިމަތިލުމަކަށެވެ. ދެ ޓީމުވެސް ކުރީގެ މެޗުތައް ކާމިޔާބުކޮށްފައިވާއިރު، މި މެޗުން މޮޅުވާ ބަޔަކަށް ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުވާނެއެވެ.

2. އުރުގުއޭ - ސްޕެއިން (ގްރޫޕް އެޗް) - ފަތިހު 5:00ގައި

ޔޫރަޕްގެ ގަދަބާރު ސްޕެއިން އާއި ދެކުނު އެމެރިކާގެ ހިތްވަރުގަދަ އުރުގުއޭ ބައްދަލުކުރާ މެޗަކީ ފުޓްބޯޅައިގެ ބޮޑު ތާރީޚެއް އޮތް ދެ ޓީމުގެ ކުރިމަތިލުމެކެވެ. ސްޕެއިން ގްރޫޕްގެ ކުރީގައި އޮތްއިރު، އުރުގުއޭއަށް މުބާރާތުގައި ކުރިޔަށް ދިއުމަށް މި މެޗުން ނަތީޖާއެއް ނެރުން މަޖުބޫރެވެ. އުރުގުއޭގެ ފިޒިކަލް ކުޅުމާއި ސްޕެއިންގެ ޓެކްޓިކަލް ޕާސިންގް ގޭމްގެ ސަބަބުން މިއީ ބަލާލަން ވަރަށް ރީތި މެޗަކަށް ވާނެއެވެ.

3.ނިއުޒީލޭންޑް - ބެލްޖިއަމް (ގްރޫޕް ޖީ) - މާދަމާ ހެނދުނު 8:00ގައި

ބެލްޖިއަމް އަށް މި ފަހަރުގެ ވޯލްޑްކަޕްގެ ފެށުން އެހާ ރަނގަޅެއް ނޫނެވެ. އެހެންކަމުން މުބާރާތުން ކެޓުމުގެ ބިރުން ސަލާމަތްވެ، ދެވަނަ ބުރަށް ދިއުމަށް ނިއުޒީލޭންޑް އަތުން ބެލްޖިއަމް މޮޅުވާން ޖެހެއެވެ.

4.ކޮލަމްބިއާ - ޕޯޗުގަލް (ގްރޫޕް ކޭ)

ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ޕޯޗުގަލް އިން އެންމެ ފަހުން ކުޅުނު މެޗު 5-0 އިން ކާމިޔާބުކޮށް ފޯމަށް އައިސްފައިވާއިރު، ލުއިސް ޑިއާޒްގެ ކޮލަމްބިއާއާ ދެކޮޅަށް ނުކުންނަ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެއެވެ. މި މެޗުން މޮޅުވެގެން ގްރޫޕްގެ އެއްވަނަ ހޯދުމަށް ދެ ޓީމުންވެސް ބޮޑު ކުރިމަތިލުމަކަށް ދާނެއެވެ.

ފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

10 ދުވަސް ކުރިން - 22:08

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

32 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

43 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

43 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

43 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

44 ދުވަސް ކުރިން - 13:12