ފެނަކައިން ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރްއޯ ޕްލާންޓުގެ ބޯރްހޯލް ޕަންޕަށް މައްސަލައެއް ދިމާވެގެން ފެން ޕްލާންޓް ހުއްޓިފައިވަނީ މިއަދު ހެނދުނު ކަމަށާއި، މިހާރު އެ މައްސަލަ ޙައްލުކޮށް، ފެން ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް.
788 ދުވަސް ކުރިން - 14:05
ފެނަކައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސާތަކެއް ގެއްލިގެން އުޅެނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ ފެނަކަ އޮފީހުން ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އޮފީހުން އެކި ފަހަރުމަތިން 400,000 އެއްހާ ރުފިޔާ ވަނީ ގެއްލިފައި.
792 ދުވަސް ކުރިން - 17:49
ފެނަކައިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީން އޮގަސްޓު މަހުގެ ނިޔަލަށް އެ ކުންފުނީގެ ހިންގުމުގެ ޚަރަދު ހުރީ 150.6 މިލިއަން ރުފިޔާ ކަމަށް. ނަމަވެސް 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ފެނަކައިގެ ހިންގުމުގެ ޚަރަދު ވަނީ 59.9 މިލިއަން ރުފިޔާ
794 ދުވަސް ކުރިން - 18:39
ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ޚިދުމަތްތަކަށް އެދުމަށް އޮންލައިން ޕޯޓަލްތަކެއް ތަޢާރަފުކުރަން ނިންމައިފި. "މައި ފެނަކަ ޕޯޓަލް" އާއި "ފެނަކަ ޓެންޑަރ ޕޯޓަލް" ތަޢާރަފްކޮށް ، ރައްޔިތުންނަށް ފަސޭހަކަމާއެކު ފެނަކައިގެ ޚިދުމަތްތަކަށް އެދެވޭނެ.
796 ދުވަސް ކުރިން - 10:14
ފެނަކައިން މި ނިންމުން ނިންމާފައިވަނީ ކުންފުނީގެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ނުނިމި ދިގުލައިގެންދާ ޕްރޮޖެކްޓުތައް ޚަރަދު ކުޑަކޮށް ނިންމުމަށް ކަމަށް ބުނެފައިވޭ.
801 ދުވަސް ކުރިން - 00:24
މި މަގުޗާޓުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި "ގިރުނބާ ޕޯޓަލް" ހިމެނޭ. މި ޕޯޓަލްގެ ޒަރިއްޔާއިން ރަށްރަށުގެ ފެނަކަ ޚިދުމަތްތަކުގެ ޑޭޓާ ވަގުތުން ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އަދި މުވައްޒަފުންގެ ކަންކަން ފަސޭހަކުރުމަށްޓަކައި އެޗްއާރް ސޮފްޓްވެއަރއެއްވެސް ތަޢާރަފްކުރުމަށް ރޭވިފައިވާކަމަށް ފެނަކައިން ބުނި.
801 ދުވަސް ކުރިން - 21:35
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަކިކުރެވުނު އިބްރާހިމް ނާއިފް، ވެމްކޯ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފި.
801 ދުވަސް ކުރިން - 13:57
އެސްޓީއޯގެ ދަށަށް ފެނަކަ ގެނައުމުގެ ޓްރާންސިޝަން މަރުހަލާ ނިމުމަކާ ކައިރިވަމުންދާއިރު، ފެނަކަގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރަކަށް އެސްޓީއޯގެ ސީއެފްއޯ މުހައްމަދު ނިޒާމް އައްޔަންކޮށްފި. ނިޒާމަކީ މާލީ ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިފައިވާ ވެރިއެއް. އޭނާގެ ޤާބިލުކަމާއި ތަޖުރިބާ ބޭނުންކޮށްގެން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރެވޭ.
803 ދުވަސް ކުރިން - 20:17
ފެނަކަ ކޯފަރޭޝަންގެ ޗެއާމަން ކަމަށް ޝިމާދު އައްޔަންކުރެއްވީ އެމަޤާމުގައި ކުރިން ހުންނެވި އަހުމަދު ޝަހީރާއި އެ ކުންފުނީގެ ބޯޑުގެ އިތުރު ދެ މެންބަރަކު މަގާމުން ވަކިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިކަން ފާހަގަ ކުރެވޭ
803 ދުވަސް ކުރިން - 12:52