
"ސްޓާރބޭސް، ލުއިޒިއާނާ" ގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާއިރު، 2029 ގައި ފުރަތަމަ ސްޓާރޝިޕް ފޮނުވުމަށް ވަނީ އަމާޒުހިފާފަ. މިއީ މަރސް އަދި ހަނދަށް ދަތުރުކުރުމަށް ހަދާ ތަނެއް. މީގެ ސަބަބުން އެ ސަރަހައްދުގައި ސީދާ 3،000 އަށްވުރެ ގިނަ މަތީ އުޖޫރައިގެ ވަޒީފާ އުފެދޭނެ.
14 ދުވަސް ކުރިން - 13:02
ހުކުރު ދުވަހު ނޭސްޑެކް ހިއްސާގެ ބާޒާރުގައި ސްޕޭސް އެކްސް ލިސްޓުކުރެވުނީ 2.2 ޓްރިލިއަން ޑޮލަރުގެ އަގަކާއެކު. ސްޕޭސް އެކްސްގެ ހިއްސާއެއް 135 ޑޮލަރަށް ވިއްކަން ނިންމި ނަމަވެސް، ބާޒާރު ހުޅުވުނުއިރު އަގު ހުރީ 150 ޑޮލަރުގަ. ސްޕޭސް އެކްސްގެ 42 އިންސައްތަ ހިއްސާ އޮތީ މަސްކްގެ އަތުގައި.
88 ދުވަސް ކުރިން - 21:01
މަސްކްގެ ތަސައްވުރަކީ ދުނިޔޭގައި ބިމުގެ ދަތިކަން ހުރުމާއެކު، ފަޒާގައި އޭއައި ސެޓެލައިޓްތަކާއި ޑޭޓާ ސެންޓަރުތައް ބިނާކުރުން. ސްޕޭސް އެކްސް އިން މިދިޔަ އަހަރު 18.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ނަމަވެސް، 4.9 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވޭ.
97 ދުވަސް ކުރިން - 08:35