މަސްތުވާ ތަކެތީގެ ނެޓްވޯކުތަކާއި މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ގުޅިފައިވާ ކަމަށް ބިލިއަނަރު އެލޮން މަސްކު ތުހުމަތު ކުރުމާއި ގުޅިގެން، މަސްކާއި ދެކޮޅަށް ދަޢުވާ ކުރަން އޭނާ ނިންމައިފިއެވެ.
ކްލައުޑިއާ ޝެއިންބައުމްގެ ސަރުކާރަކީ މަސްތުވާތަކެތީގެ ކާޓޭލްތަކުގެ ނުފޫޒު ފޯރާފައިވާ ސަރުކާރެއް ކަމަށް ބުނެ މަސްކު ވަނީ އޭނާގެ ޕްލެޓްފޯމް “އެކްސް” ގައި ލިޔެފައެވެ. އެނާ މިހެން ލިޔުނީ ކާރޓެލް ޖަލިސްކޯ ނޫއެވާ ޖެނެރޭޝަންގެ ލީޑަރު ރޫބެން (އެލް މެންޗޯ) އޮސެގުއެރާ ސެރްވާންޓެސް މަރާލުމަށް ފަހު ހުޅަނގު މެކްސިކޯގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.


ސިއުޑާޑް ޑި މެކްސިކޯ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވީ ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެރިފަރާތާއި ދެކޮޅަށް އަބުރުގެ ދައުވާ ނުވަތަ އެހެން ޤާނޫނީ ދައުވާތަކެއް ކުރިއަށް ގެންދިއުމާއި މެދުގައި އޭނާގެ ޤާނޫނީ ޓީމުން މުރާޖަޢާ ކުރަމުންދާ ކަމަށެވެ.








