Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މެކްސިކޯގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި ނޭވާ ހާސްވެގެން ތިން މީހަކު މަރުވެއްޖެ

މެކްސިކޯގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި ނޭވާ ހާސްވެގެން ތިން މީހަކު މަރުވެއްޖެ

ހުސައިން އިސްމާއިލް
3 ގަޑިއިރު ކުރިން - 1 ޖުލައި 2026 21:29
މެކްސިކޯގައި ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގެ ތެރެއިން---
މެކްސިކޯގައި ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގެ ތެރެއިން---
ޚުލާސާ

މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ނޮކައުޓް ބުރަކުން އެ ގައުމު ހޯދި ފުރަތަމަ މޮޅު. މި ކާމިޔާބީ މިލިއަނަކަށްވުރެ ގިނަ ސަޕޯޓަރުން މަގުތަކަށް އެއްވި. މި ހާދިސާގައި މަރުވެފައިވަނީ 19 އަހަރުގެ އަންހެނަކާއި، 48 އަހަރުގެ އަންހެނެއްގެ އިތުރުން 44 އަހަރުގެ ފިރިހެނެއް.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިކުއެޑޯ އަތުން މެކްސިކޯ މޮޅުވުމާ ގުޅިގެން މެކްސިކޯ ސިޓީގައި ކުރިއަށްދިޔަ އުފާފާޅުކުރުންތަކުގެ ތެރޭގައި، ނޭވާ ހާސްވެގެން ތިން މީހަކު މަރުވެއްޖެއެވެ.

މެކްސިކޯ ސިޓީގެ ސިއްހީ އިދާރާތަކުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ 19 އަހަރުގެ އަންހެނަކާއި، 48 އަހަރުގެ އަންހެނެއްގެ އިތުރުން 44 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންވެސް މަރުވީ އަންގާރަ ދުވަހު މެކްސިކޯ 2-0 އިން މޮޅުވުމާ ގުޅިގެން ސިޓީގެ މަގުތަކަށް އެއްވި ގިނަ އަދަދެއްގެ މީހުންގެ ތެރޭގައި ތޮއްޖެހި، ނޭވާ ހާސްވެގެންނެވެ.

މެކްސިކޯ ސިޓީގެ ސަރުކާރުން ހާމަކުރި ގޮތުގައި، 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ނޮކައުޓް ބުރަކުން އެ ގައުމު ހޯދި ފުރަތަމަ މޮޅު ފާހަގަކުރުމަށް އެއް މިލިއަނަށްވުރެ ގިނަ މީހުން މަގުތަކަށް ނުކުތެވެ. މީގެ ތެރެއިން ގިނަ ބަޔަކު އެއްވީ ސިޓީގެ މެދުތެރޭގައި ހުންނަ "އެންޖެލް އޮފް އިންޑިޕެންޑެންސް" ބިނާގެ ކައިރިއަށެވެ.

Advertisement

Advertisement 1

މި ހާދިސާއާ ގުޅިގެން ސިޓީގެ މޭޔަރު ކްލާރާ ބްރުގާޑާ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، ކުރިއަށް އޮތް ދުވަސްތަކުގައި އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ވަނީ، ސަޕޯޓަރުން އުފާފާޅުކުރުމުގައި ޒިންމާދާރުވުމަށާއި އެކަކު އަނެކަކަށް އަޅާލުމަށް އިލްތިމާސްކުރައްވާފައެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ، "ޕަސެއޯ ޑެލާ ރިފޯމާ" ސަރަހައްދުގެ އެކި ހިސާބުތަކުން ހޭނެތިފައި ތިބި ތިން މީހަކަށް އެމަޖެންސީ ހިދުމަތްތެރިން ފަރުވާދިން ކަމަށެވެ. ސީ.ޕީ.އާރް ދިނުމަށްފަހު އެ މީހުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެ ތިން މީހުންވެސް ވަނީ މަރުވެފައެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯ ސިޓީގެ މަގުތަކުގައި އުފާފާޅުކުރުންތައް ކުރިއަށްދިޔައިރު، މެޗު ފެށުމުގެ ކުރިންވެސް މޭޔަރު ވަނީ މީހުން ގިނަވުމުގެ ސަބަބުން އެންޖެލް އޮފް އިންޑިޕެންޑެންސް ސަރަހައްދަށް ނުގޮސް، އެހެން ތަންތަނުގައި މެޗު ބަލަން ސަޕޯޓަރުންނަށް އިރުޝާދު ދެއްވާފައެވެ.

އަންގާރަ ދުވަހުގެ މި މޮޅާއެކު މެކްސިކޯ ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. މި ބުރުގައި މެކްސިކޯ ބައްދަލުކުރަން ޖެހުން ގާތީ އިންގްލެންޑާއެވެ. އެއީ ބުދަ ދުވަހު ކޮންގޯ އަތުން އިންގްލެންޑް މޮޅުވެއްޖެ ނަމަވެއެވެ.

މެކްސިކޯފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

2 ގަޑިއިރު ކުރިން - 23:04

40 އަހަރަށް ފަހު މެކްސިކޯ އިން ގަދަ 16 އަށް!

40 އަހަރަށް ފަހު މެކްސިކޯ އިން ގަދަ 16 އަށް!

14 ގަޑިއިރު ކުރިން - 10:25

ފްރާންސުން ސްވިޑަން ބަލިކޮށް، ވަރުގަދަ ފޯމަކާއެކު މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި

ސްވިޑަން ބަލިކޮށް ފްރާންސުން މުބާރާތުގެ ގަދަ 16 އަށް!

21 ގަޑިއިރު ކުރިން - 03:58

އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭއިން ގަދަ 16 އަށް ދަތުރުކޮށްފި؛ ވާދަކުރަންޖެހޭނީ ބްރެޒިލްއާ

ފޯރިގަދަ ކުޅުމަކަށްފަހު އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭއިން ގަދަ 16 އަށް

1 ދުވަސް ކުރިން - 00:05

ޖަރުމަނު ރޮއްވާލި ތާރީޚީ މޮޅު ފާހަގަކުރަން މިއަދު ޕެރަގުއޭގެ ސަރުކާރު ބަންދުކޮށްލައިފި!

ޖަރުމަނު ރޮއްވާލި ތާރީޚީ މޮޅު ފާހަގަކުރަން މިއަދު ޕެރަގުއޭގެ ސަރުކާރު ބަންދުކޮށްލައިފި!

1 ދުވަސް ކުރިން - 09:49

ވޯލްޑް ކަޕު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ހޮލެންޑް، މޮރޮކޯ އަތުން ބަލިވެ މުބާރާތުން ކަޓައިފި

ވޯލްޑް ކަޕު ނަގާނެ ކަމަށް ބެލެވުނު ހޮލެންޑް ކަޓައިފި

1 ދުވަސް ކުރިން - 08:54