Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ލުއިޒިއާނާގައި 100 ބިލިއަން ޑޮލަރުގެ ރޮކެޓް ލޯންޗިންގ ފެސިލިޓީއެއް އެޅުމަށް ސްޕޭސްއެކްސް އިން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
54 ދުވަސް ކުރިން - 26 އޯގަސްޓް 2026 13:02
ސްޕޭސް އެކްސް އިން މީގެ ކުރިން މިސައިލެއް ޓެސްޓް ކުރަނީ---
ސްޕޭސް އެކްސް އިން މީގެ ކުރިން މިސައިލެއް ޓެސްޓް ކުރަނީ---
ޚުލާސާ

"ސްޓާރބޭސް، ލުއިޒިއާނާ" ގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާއިރު، 2029 ގައި ފުރަތަމަ ސްޓާރޝިޕް ފޮނުވުމަށް ވަނީ އަމާޒުހިފާފަ. މިއީ މަރސް އަދި ހަނދަށް ދަތުރުކުރުމަށް ހަދާ ތަނެއް. މީގެ ސަބަބުން އެ ސަރަހައްދުގައި ސީދާ 3،000 އަށްވުރެ ގިނަ މަތީ އުޖޫރައިގެ ވަޒީފާ އުފެދޭނެ.

ދުނިޔޭގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކްގެ ޖައްވީ ދިރާސާތަކާއި ރޮކެޓް އުފައްދާ ކުންފުނި ކަމަށްވާ ސްޕޭސްއެކްސް (SpaceX) އިން، އެމެރިކާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ލުއިޒިއާނާގައި 100 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ލޯންޗިންގ ފެސިލިޓީއެއް ބިނާކުރުމަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ. މިއީ މިހާތަނަށް އެ ކުންފުނިން ބިނާކުރާ އެންމެ ބޮޑު މިފަދަ މަރުކަޒެވެ.

"ސްޓާރބޭސް، ލުއިޒިއާނާ"ގެ ނަން ދެވިފައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 125,000 އޭކަރުގެ ބޮޑު ސަރަހައްދެއްގައި ގާއިމުކުރާ މި މަރުކަޒަކީ، މިހާރު ޓެކްސަސް އަދި ފްލޮރިޑާގައި ހިންގަމުންދާ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ސްޕޭސްއެކްސް އިން ބުދަ ދުވަހު ބުނީ، މި ފެސިލިޓީގެ މައިގަނޑު ބޭނުމަކީ އަހަރަކު އެތައް ހާސް "ސްޓާރޝިޕް" ފްލައިޓްތަކެއް ދުނިޔޭގެ އޯބިޓަށާއި، ހަނދަށް، އަދި މަރސް (ރަތް ޕްލެނެޓް) ގެ އިތުރުން ތަނަވަސް ޖައްވުގެ އެހެން ސަރަހައްދުތަކަށް ފޮނުވުމަށް އެހީތެރިވެދިނުމެވެ. ކުންފުނީގެ އަމާޒަކީ 2029 ވަނަ އަހަރު ލުއިޒިއާނާގެ މި އައު ބޭހުން ފުރަތަމަ ސްޓާރޝިޕް ޖައްވަށް ފޮނުވުމެވެ.

Advertisement

Advertisement 1

މި ބޮޑު މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. ސްޕޭސްއެކްސް އިން ހާމަކުރި ގޮތުގައި މި ފެސިލިޓީ މެދުވެރިކޮށް ސީދާ 3,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ. ލުއިޒިއާނާ އިކޮނޮމިކް ޑިވެލޮޕްމަންޓް އެޖެންސީން ބުނެފައިވަނީ، ދުނިޔޭގައި ހެދޭ މިފަދަ އެންމެ ބޮޑު މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެވްރެޖް މުސާރަ، އެ ސަރަހައްދުގެ މިހާރުގެ އެވްރެޖް މުސާރައަށްވުރެ 192 އިންސައްތަ ބޮޑުވާނެ ކަމަށެވެ. އަދި ނުސީދާކޮށް 8,100 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށްވެސް އެ އެޖެންސީން ލަފާކުރެއެވެ.

އެ އެޖެންސީން އިތުރަށް ފާހަގަކުރި ގޮތުގައި، މި ތާރީޚީ މަޝްރޫޢުގެ ސަބަބުން ކުރިއަރަމުން އަންނަ އޭރޯސްޕޭސް ދާއިރާގެ ދުނިޔޭގެ މައި މަރުކަޒަކަށް ލުއިޒިއާނާ ވެގެންދާނެއެވެ.

މިދިޔަ ޖޫން މަހު ނިއުޔޯކްގެ ނަސްޑެކް ސްޓޮކް އެކްސްޗޭންޖުގައި ސްޕޭސްއެކްސް ލިސްޓުކޮށް، ހިއްސާ ވިއްކަން ފަށާފައިވަނީ ދުނިޔޭގެ މާކެޓުގައި މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ކާމިޔާބު އަދި އެންމެ ބޮޑު ޑެބިއުއާ އެކުގައެވެ. ކުންފުނީގެ ހިއްސާގެ އަގު ކުރިން އެރި އެންމެ މަތީ އަގަށްވުރެ 30 އިންސައްތަ ދަށަށް ގޮސްފައިވީ ނަމަވެސް، އަދިވެސް ހިއްސާގެ އަގު ހުރީ އޮފަރ ކުރި އަގު ކަމަށްވާ 135 ޑޮލަރަށްވުރެ މަތީގައެވެ.

އީލޮން މަސްކް އަންނަނީ ސްޕޭސްއެކްސް މެދުވެރިކޮށް މަރސްއަށް ދަތުރުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް ތަރައްގީކުރުމުގެ އިތުރުން ޖައްވުގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް ގިނަ އަމާޒުތަކެއް ކަނޑައަޅަމުންނެވެ. މިގޮތުން، މިދިޔަ އޯގަސްޓް މަހު ސްޕޭސްއެކްސް އަދި ޓެސްލާ ގުޅިގެން ޓެކްސަސްގައި 16.8 ބިލިއަން ޑޮލަރުގެ އޭއައި ޗިޕް އުފައްދާ "ޓެރާފެބް" ނަމަކަށް ކިޔާ ކޮމްޕްލެކްސްއެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

ސްޕޭސްް އެކްސްއީލޮން މަސްކް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް ވެއްޖެ

ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް ވެއްޖެ

128 ދުވަސް ކުރިން - 21:01

ސްޕޭސް އެކްސްގެ އަގު 1.75 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފި

ސްޕޭސް އެކްސްގެ އަގު 1.75 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފި

137 ދުވަސް ކުރިން - 08:35

އީލޮން މަސްކާއި ދެކޮޅަށް ދަޢުވާކުރަން މުރަޖަޢާ

އީލޮން މަސްކާއި ދެކޮޅަށް ދަޢުވާކުރަން މުރަޖަޢާ

236 ދުވަސް ކުރިން - 10:05

ރަޝިޔާ ފުނޑައިލުމަށް އެީލޮންމަސްކާއިއެކު ޒެލެންސްކީ މަޝްވަރާ ފަށައިފި

ރަޝިޔާ ފުނޑައިލުމަށް އެީލޮންމަސްކާއިއެކު ޒެލެންސްކީ މަޝްވަރާ ފަށައިފި

262 ދުވަސް ކުރިން - 16:31

ސްޓާލިންކަށް ބުރޫއަރުވައިލި ދުނިޔޭގެ ފުރަތަމަ ޤައުމަކަށް އީރާން

ސްޓާލިންކަށް ބުރޫއަރުވައިލި ދުނިޔޭގެ ފުރަތަމަ ޤައުމަކަށް އީރާން

279 ދުވަސް ކުރިން - 15:09

ޓްރަމްޕާއި ދެކޮޅަށް މަސްކު ސިޔާސީ ޕާޓިއެއް ހަދަނީ

ޓްރަމްޕާއި ދެކޮޅަށް މަސްކު ސިޔާސީ ޕާޓިއެއް ހަދަނީ

469 ދުވަސް ކުރިން - 18:19