ސްޓާލިންކުގެ ޚިދުމަތަށް ބުރޫ އަރުވައިލި ދުނިޔޭގެ ފުރަތަމަ ޤައުމަކަށް އީރާން

ޢަބްދުﷲ ޖުނައިދު | 1 ދުވަސް ކުރިން - 13 ޖެނުއަރީ 2026 15:09
އެލޮން މާސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތަށް ވެސް އީރާނުގެ މިލިޓަރީ ޓެކްނޮލޮޖީގެ ކުރިމަތީގައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ނުކުޅެދިފަ
އެލޮން މާސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތަށް ވެސް އީރާނުގެ މިލިޓަރީ ޓެކްނޮލޮޖީގެ ކުރިމަތީގައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ނުކުޅެދިފަ
ޚުލާސާ

ސްޓާލިންކު ސެޓްލައިޓުގެ ޖީޕީއެސް ޖޭމްކޮށްލުމަކީ ދުނިޔޭގެ ސެޓްލައިޓްތައް ޖޭމް ކޮށްލުމުގެ ފުރިހަމަ ބާރު އީރާނަށް ލިބިގެންވާ ކަމުގެ ހެއްކެއް.

ބިލިއަނަރު އެލޮން މަސްކުގެ ސްޓާލިންކް އިންޓަނެޓުގެ ޚިދުމަތަށް ބުރޫ އަރުވައިލި ދުނިޔޭގެ ފުރަތަމަ ޤައުމަކަށް އީރާން ވެއްޖެއެވެ.

ތެހެރާނު ސަރުކާރާއި ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކުގެ ތެރޭގައި އީރާނުން ވަނީ އެ ޤައުމުގެ އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައެވެ. ޚާއްޞަކޮށް އެލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތަށް ވެސް އީރާނުގެ މިލިޓަރީ ޓެކްނޮލޮޖީގެ ކުރިމަތީގައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ނުކުޅެދިފައެވެ.

އީރާނުގެ އަސްކަރިއްޔާގެ އިލެކްޓްރޯނިކް ޖޭމިންގ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މަސްކުގެ ސެޓްލައިޓުގެ ޚިދުމަތް ފޫއަޅުވައިލިއިރު، އީރާނުން ވަނީ ސްޓާލިންކުގެ ޖީޕީއެސް ސިގްނަލްތައް ޖޭމްކޮށްފައި ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އިޢުތިރާފު ވެފައެވެ.

އިސްރާއީލުން ޣައްޒާ ހަނގުރާމައިގައި އިންޓަނެޓް ކަނޑައިލި އިރުވެސް ސްޓާލިންކްގެ ޚިދުމަތް ނޫސްވެރިންނަށް ބޭނުން ކުރެވުނެވެ. އެހެންކަމުން އީރާނުގެ ކޮންޓްރޯލުން ބޭރުގައި ހުންނަ ސެޓްލައިޓްތައް ވެސް ޖޭމް ކޮށްލުމުގެ ފުރިހަމަ ބާރު އީރާނަށް ލިބިގެންވާ ކަމަށް މިއަދު މުޅި ދުނިޔެ ޤަބޫލު ކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

5 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%