Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވައިޓް ހައުސް "ޓެސްލާގެ ވަގުތީ ޝޯރޫމަކަށް" ބަދަލުކޮށްފި: ސެނެޓަރުން

ވައިޓް ހައުސް "ޓެސްލާގެ ވަގުތީ ޝޯރޫމަކަށް" ބަދަލުކޮށްފި: ސެނެޓަރުން

ހުސައިން އިސްމާއިލް
547 ދުވަސް ކުރިން - 14 މާޗް 2025 11:32
މީޑިއާ އިވެންޓެއްގެތެރެއިން، ޓްރަމްޕް އާއި އެލޮން މަސްކް ޓެސްލާ ކާރެއްގެ ކައިރީގައި.
މީޑިއާ އިވެންޓެއްގެތެރެއިން، ޓްރަމްޕް އާއި އެލޮން މަސްކް ޓެސްލާ ކާރެއްގެ ކައިރީގައި.
ޚުލާސާ

މަސްކް ވަނީ އޭނާގެ ސަރުކާރުގެ މަޤާމާއި ރައީސްގެ ބާރު ބޭނުންކޮށްގެން ޓެސްލާ ޕްރޮމޯޓްކޮށް، ޓްރަމްޕްގެ ސަރުކާރުން ޓެސްލާއަށް ތާއީދުކުރާކަން ދޭހަވާ ގޮތަށް ޢަމަލުކޮށްފައި ކަމަށް ސެނެޓަރުން ބުނޭ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޓެކްނޮލޮޖީ ބިލިއަނަރު އެލޮން މަސްކް ބައިވެރިވެ ވައިޓް ހައުސްގައި ބޭއްވި ޓެސްލާ ޕްރޮމޯޝަން އިވެންޓަކީ ފެޑެރަލް އެތިކްސް ޤާނޫނުތަކާއި ޚިލާފު ކަމެއް ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރުން އެކަން ތަޙްޤީޤު ކުރުމަށް ގޮވައިލައިފިއެވެ.

މިކަމާއި ގުޅިގެން، ސެނެޓްގެ ބައެއް މެންބަރުންތައް ވަނީ އެމެރިކާގެ ގަވަރމަންޓް އެތިކްސް އޮފީހުގެ އެކްޓިންގ ޑިރެކްޓަރަށް ސިޓީއެއް ފޮނުވައި، މި އިވެންޓަކީ ފެޑެރަލް އެތިކްސް ޤާނޫނުތަކާއި ޚިލާފު ކަމެއް ކަމަށް ބުނެފައެވެ.

ސެނެޓަރުން ބުނެފައިވަނީ ސަރުކާރުގެ މަޤާމުތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ގުޅޭ އެތިކްސް ޤާނޫނުތައް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

Advertisement

Advertisement 1

ރައީސް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި އޮތް އިވެންޓެއްގައި ބްރޭންޑް ނިއު ޓެސްލާ ކާރެއް ތިމަންނާ ވެސް ގަންނާނެ ކަމަށް ވިދާޅުވެ އޭނާގެ އެޑްވައިޒަރު އެލޮން މަސްކުގެ ވިޔަފާރި ޕްރޮމޯޓް ކޮށްފައެވެ.

ޓްރަމްޕް އާއި އެލޮން މަސްކް: ޚަބަރުތައް ބުނާ ގޮތުގައި މިއީ ޓެސްލާގެ ވެރިޔާ އަދި ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީ (ޑޯޖް)ގެ އިސްވެރިޔާ އެލޮން މަސްކަށް ދެއްކި އެއްބާރުލުމެއް ކަމަށް ބެލެވެއެވެ

ސެނެޓަރުން ބުނެފައިވާ ގޮތުގައި ޓްރަމްޕް އަދި މަސްކް ވަނީ ވައިޓް ހައުސް "ވަގުތީ ޓެސްލާ ޝޯރޫމަކަށް" ބަދަލުކޮށްފައެވެ. އަދި މަސްކް ވަނީ އޭނާގެ ސަރުކާރުގެ މަޤާމާއި ރައީސްގެ ބާރު ބޭނުންކޮށްގެން ޓެސްލާ ޕްރޮމޯޓްކޮށް، ޓްރަމްޕްގެ ސަރުކާރުން ޓެސްލާއަށް ތާއީދުކުރާކަން ދޭހަވާ ގޮތަށް ޢަމަލުކޮށްފައި ކަމަށް ސެނެޓަރުން ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލައިގައި ތަޙްޤީޤެއް ހިންގުމަށް ސެނެޓަރުން ގޮވާލާފައިވާއިރު، ވައިޓް ހައުސްއިން އަދި މިކަމާއި ގުޅޭ ގޮތުން އިތުރު ބަޔާނެއް ދީފައެއް ނުވެއެވެ.

ޑޮނަލްޑް ޓްރަމްޕުއީލޮން މަސްކްވައިޓް ހައުސްޓެސްލާއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

1 ދުވަސް ކުރިން - 21:40

މިޑްޓާމް ދެއިންތިހާބު ކާމިޔާބުވެއްޖެނަމަ، އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މިޑްޓާމް ދެއިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5,000 ޑޮލަރު

2 ދުވަސް ކުރިން - 14:06

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

3 ދުވަސް ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

6 ދުވަސް ކުރިން - 20:35

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

9 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

12 ދުވަސް ކުރިން - 15:07