ވަކިވެގަތުމަށް މަސައްކަތްކުރާ ކޮމާލާ ޖަމާޢަތުން ބުނީ އީރާނުގެ މިސައިލްތައް އަމާޒުކޮށްފައި ވަނީ ޢިރާޤުގެ އުތުރުގެ އާބިލް ޕްރޮވިންސްގައި ހުންނަ އެ ޖަޢައަތުގެ މައި މަރުކަޒަށް ކަމަށާއި މީހަކު މަރު ނުވާ ކަމަށް.
135 ދުވަސް ކުރިން - 11:38
ޢިރާޤުގެ ކޮމާލާ ޖަމާޢަތުގެ މައި މަރުކަޒަށް އީރާނުން އިއްޔެ ދެފަހަރުމަތިން މިސައިލް ޙަމަލާ ދީފި. މި ޖަމާޢަތަކީޢިރާޤުގެ އެތެރޭގައި ފިތުނަ އުފެއްދުމަށްޓަކައި އެމެރިކާ އިން ފަންޑު ކޮށްގެން ހިންގާ ޓެރަރިސްޓް ޖަމާޢަތެއް.
136 ދުވަސް ކުރިން - 08:29
އެމެރިކާއާއި އީރާނުގެ މަޝްވަރާތަކާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާއިރު، ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ވަނީ ހުއްޓިފަ. މީގެ ސަބަބުން ތެލުގެ އަގު ބޮޑުތަނުން އުފުލި، ދުނިޔޭގެ އިގްތިސާދަށް އަންނަނީ ނޭދެވޭ އަސަރުތަކެއް ކުރަމުން.
136 ދުވަސް ކުރިން - 04:09
އިސްރާއީލުގެ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ނޯދަން ބުރްޖް، 'އަބާ' އަދި ތިބްނީން ފަދަ ރަށްތަކަށް. މި ހަމަލާތަކުގައި ޖުމްލަ 45 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ. ޒަޚަމްވި މީހުންނަށް ކައިރީގައި ހުރި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރޭގައި ހާލު ސީރިއަސް މީހުންވެސް ހިމެނޭ.
136 ދުވަސް ކުރިން - 03:12
ޝޫމަރ ވިދާޅުވީ، ހަނގުރާމަ ނިންމަން "އަވަސް އަރުވާލަން ނުޖެހޭ" ކަމަށް ޓްރަމްޕް ވިދާޅުވާއިރު، ނުރައްކަލުގެ ތެރޭގައި ތިބި އެމެރިކާގެ ސިފައިންނާއި އެމީހުންގެ އާއިލާތަކުގެ އިހުސާސްތަކަށް ބައްލަވަން ޖެހޭ ކަމަށް.
137 ދުވަސް ކުރިން - 07:06
ޓްރަމްޕު ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުން އިސްރާއީލުގެ ސިފައިން ފަހަތަށް ޖެއްސުމަށް އެދިވަޑައިގެންފަ. އީރާނުގެ އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވީ، އިސްރާއީލުން ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުރިއަށް ގެންދާނަމަ، އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާލާނެ ކަމަށް.
137 ދުވަސް ކުރިން - 06:21
ގާލީބާފް ވަނީ އިސްރާއީލުން ލުބުނާނަށް އަރައިގަނެ ހިންގަމުންދާ އުދުވާނުތަކާ ގުޅޭގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންތައްތަކަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ. އީރާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގަ.
137 ދުވަސް ކުރިން - 05:49
ހިޒްބުﷲ އިން ވަނީ އެއްދުވަސް ތެރޭގައި ޖުމްލަ 41 އަސްކަރީ އޮޕަރޭޝަނެއް ވަނީ ހިންގާފަ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ސިފައިން ޖަމާވެފައި ތިބި ތަންތަނަށާއި، "އަޔަން ޑޯމް" ވައިގެ ދިފާޢީ ނިޒާމުތަކުގެ އިތުރުން އުތުރުގެ ވަޒަންވެރިން އުޅޭ ސަރަޙައްދުތަކަށް.
137 ދުވަސް ކުރިން - 05:32
މިއީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް. އިސްރާއީލުން ލުބުނާނަށް އަރައިގަނެ ހަމަލާދޭ މި ނުތަނަވަސް ދަނޑިވަޅުގައި، މި ހާދިސާގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަނުޖެހުން ވަނީ ބޮޑުވެފަ. ޔޫ.ކޭ.އެމް.ޓީ.އޯ އިން މި ހަމަލާ ކަށަވަރުކޮށްދިން ނަމަވެސް، ބޯޓާ ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރޭ.
137 ދުވަސް ކުރިން - 05:17
ބެއިރޫތުގެ ދެކުނުގެ ސަބަރބްތަކަކީ ހިޒްބުاللهގެ އެންމެ ބާރުގަދަ ސަރަހައްދުތައް.
137 ދުވަސް ކުރިން - 13:54
މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އުތުރުގެ ގަލީލީ ސަރަހައްދުގެ ހޫލާ ވާދީގައި އޮންނަ ބައިތު ހިލޭލް ކައިރީގައި ހުރި އަސްކަރީ މަރުކަޒަކަށް.
138 ދުވަސް ކުރިން - 04:06
މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އުތުރުގެ ގަލީލީ ސަރަހައްދުގެ ހޫލާ ވާދީގައި އޮންނަ ބައިތު ހިލޭލް ކައިރީގައި ހުރި އަސްކަރީ މަރުކަޒަކަށް.
138 ދުވަސް ކުރިން - 04:06