ޢިރާޤުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ކޮމާލާ ޖަމަޢަތުގެ ހެޑްކުއާޓަރަށް އީރާނުން ޙަމަލާ ދީފިއެވެ. އީރާނުން ތުހުމަތު ކުރަނީ އެ ޖަމާޢަތަކީ އީރާނަށް ޙަމަލާދިނުމަށް އެމެރިކާ އިން އެހީތެރުވާ ޖަމާޢަތެއް ކަމަށެވެ. އީރާނުން ވަނީ އެ ޖަމާޢަތަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައެވެ.
ވަކިވެގަތުމަށް މަސައްކަތްކުރާ ކޮމާލާ ޖަމާޢަތުން ބުނީ އީރާނުގެ މިސައިލްތައް އަމާޒުކޮށްފައި ވަނީ ޢިރާޤުގެ އުތުރުގެ އާބިލް ޕްރޮވިންސްގައި ހުންނަ އެ ޖަޢައަތުގެ މައި މަރުކަޒަށެވެ.
ހަމަލާގައި މާއްދީ ގެއްލުން ލިބުނަސް މީހަކު މަރު ނުވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ.
އެމެރިކާ އިން ބުނީ މެދުއިރުމަތީގައިވާ އެމެރިކާގެ އެކުވެރިންގެ އަމާޒުތަކަށް އީރާނުން ނާކާމިޔާބު ޙަމަލާއެއް ދީފައިވާ ކަމަށެވެ.
މެދުއިރުމަތީގައި ހިގަމުންދާ އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުގެ ދަނީ މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނަކީ މި ހަނގުރާމަ ޞުލްޙަ ކުރުވަން އެންމެ ބޮޑަށް މަސައްކަތްކުރާ ޤައުމެވެ. ޕާކިސްތާނުގެ މަސައްކަތުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ނަމަވެސް، މުޅިން ހަނގުރާމަ ހުއްޓާލައި ޞުލްޙަ ވުމަށް އަދިވެސް ގިނަ ގޮންޖެހުން އެބަހުރި ކަމަށް އިސްލާމްއާބާދުން ބުނެއެވެ.
މި ހަނގުރާމަ ފުޅާވާން ޖެހުނީ އެމެރިކާ އާއކ އިސްރާއީލުން އީރާނުގެ އޭރުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އާއި އަސްކަރީ އިސް ކޮމާންޑަރުން ޝަހީދުކޮށްލުމުންނެވެ. ޢަލީ ޚާމަނާއީ އަވަހާރަކޮށްލީ ނުވަތަ ޝަހީދުކޮށްލީ ފެބުރުއަރީ 28 ވަނަ ދުވަހުގައެވެ.









