ޢިރާޤުން ވަކިވެގަތުމަށް މަސައްކަތްކުރާ ކޮމާލާ ގްރޫޕުގެ މައި މަރުކަޒަށް އީރާނުން އިއްޔެ ޙަމަލާ ދީފިއެވެ. ކޮމާލާ ޖަމާޢަތަކީ ޢިރާޤުގެ އެތެރޭގައި ފިތުނަ އުފެއްދުމަށްޓަކައި އެމެރިކާ އިން ފަންޑު ކޮށްގެން ހިންގާ އަސްކަރީ ޖަމާޢަތެއް ކަމަށް އީރާނުން ތުހުމަތު ކުރެއެވެ.
އީރާނުގެ މިސައިލްތައް އަމާޒުކޮށްފައި ވަނީ އިރާގުގެ އުތުރުގެ އާބިލް ޕްރޮވިންސްގައި ހުންނަ އެ ޖަމާއަތުގެ މައި މަރުކަޒަށެވެ. ކޮމާލާ ގްރޫޕްގެ ލީޑަރަކު ވިދާޅުވީ އަލާނާ ވެލީ ސަރަހައްދުގައި އެ ޖަމާއަތުގެ ހެޑްކުއާޓަރަށް ދެފަހަރުމަތިން ހަމަލާ ދީފައިވާ ކަމަށާއި އެ ދެހަމަލާ އަކީވެސް މިސައިލް ހަމަލާއެވެ.
އެ ހަމަލާގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެ ޖަމާޢަތުން ބުންޏެވެ.
ކޮމާލާ ޖަމާއަތަކީ އީރާނުގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ވައިގެ ހަމަލާތަކެއް ދީ، އޭރުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އާއި އަސްކަރީ އިސް ކޮމާންޑަރުންނާއި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ހިމެނޭ ގޮތަށް 3،000 އަށް ވުރެ ގިނަ މީހުން މަރުވުމުން ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ސަރަހައްދީ ފިތުނަތައް ވަނީ އިތުރުވެފަ އެވެ.
ޕާކިސްތާނުގެ ބްރޯކަރެއްގެ ދަށުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ނަމަވެސް މިއަށްވުރެ ފުޅާ އެއްބަސްވުމަކަށް އައުމަށް ކުރެވުނު މަސައްކަތްތައް މިހާތަނަށް ވަނީ ނާކާމިޔާބުވެފައެވެ.









