އެތުލެޓިކޯ މެޑްރިޑް 18 މެޗުން 41 ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް އަރާފައި ވާއިރު ބާސެލޯނާ އޮތީ 19 މެޗުން 38 ޕޮއިންޓާއެކު ދެވަނައިގަ. ރިއަލް މެޑްރިޑް އޮތީ ތިންވަނައިގަ.
670 ދުވަސް ކުރިން - 10:53
އައްޑޫ ސިޓީ ފައިނަލަށް ދިޔައިރު އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ބޮންޑާ. ދެވަނަ ލަނޑު ވެސް ޖެހީ ބޮންޑާގެ މަސައްކަތުން. އޭދަފުއްޓާއެކުނއައްޑޫ ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހު.
670 ދުވަސް ކުރިން - 03:25
އޭދަފުށިން މާލެ ސިޓީ ބަލިކުރީ 3-2 ލަނޑުން. މިއީ އަށް އަހަރަށްފަހު އޭދަފުށިން ގަލޮޅު ދަނޑުގައި ކުޅޭނެ ފުރަތަމަ ފައިނަލް.
670 ދުވަސް ކުރިން - 22:33
ފެބުރުއަރީ 5 ގައި ކުއާޓާ ފައިނަލް ކުޅޭއިރު، ސެމީއަށްދާ ކޮންމެ ޓީމަކަށް 5 ލައްކައެއްހާ ޔޫރޯ، ރަނަރަޕް ޓީމަށް 1 މިލިއަން ޔޫރޯ އަދި ޗެމްޕިއަނުންނަށް 2 މިލިއަން ޔޫރޯގެ ފައިސާގެ އިނާމެއް ލިބޭ.
672 ދުވަސް ކުރިން - 08:52
އައްޑޫ ސިޓީގެ ތިން ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ.. އައްޑޫގެ ފުރަތަމަ ލަނޑު ޖެހީ އުފަންދުވަސް ފާހަގަކުރަމުންދާ އިސްމާއިލް އީސާ (މެސީ)ގެ އިތުރުން، ހާޒިމް ރިފްއަތުއާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ).
672 ދުވަސް ކުރިން - 05:47
2-2 އިން އެއްވަރުވެގެން ޕެނަލްޓީ ޝޫޓްގައި ފުވައްމުލަކުގެ ބިދޭސީ ކުޅުންތެރިޔާ ޖެހި ޕެނަލްޓީ އަލިފުށީ ކީޕަރު މަތަކުރި. ސެމީއަށް ދިޔަ އަލިފުށި ކުޅެން ޖެހޭނީ މާފުށްޓާއި އައްޑޫ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާއި.
672 ދުވަސް ކުރިން - 19:34
ލިވަޕޫލުން ރަށުން ބޭރުގައި ސައުތުހެމްޓަން 2-1 އިން ބަލިކުރިއިރު، އާސެނަލް ވަނީ 3-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ސެމީގެ ޖާގަ ހޯދާފަ. ނިއުކާސަލް ސެމީއަށް ދިޔައީ ބްރެންޓްފޯޑު 3-1 އިން ބަލިކޮށްގެން.
673 ދުވަސް ކުރިން - 08:59
މެކްސިކޯގެ ޕަޗޫކާ 0-3 ބަލިކޮށް ރިއަލް އިން ޗެމްޕިއަންކަން ހޯދީ އެމްބާޕޭ އާއި ރޮޑްރީގޯ އަދި ވިނީޝިއަސްގެ ގޯލްތަކުން.
673 ދުވަސް ކުރިން - 08:38
1-1 އިން އެއްވަރުވުމުން ޕެނަލްޓީގައި 5-4 އިން މާލެ އިން ވަނީ ގުރައިދޫ ބަލިކޮށް މުބާރާތުން ކަޓުވާލާފަ. ސެމީގައި މާލެ ކުޅެން ޖެހޭނީ އޭދަފުއްޓާއި ދެކޮޅަށް.
673 ދުވަސް ކުރިން - 23:47
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި އޭދަފުށިން ނައިފަރު 5-0 އިން ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފި.
673 ދުވަސް ކުރިން - 19:17
އެފްއޭއެމް ކަލަންޑަރުގައިވާ ގޮތުން، ޖެނުއަރީ 24 ގައި ސީޒަން ފަށާނެތީވެ ނޮވެމްބަރު 27 ގައި މާޒިއާއިން ޕްރެކްޓިސް ފެށިޔަސް އަންނަ މަހު ސީޒަން ފެށޭނެކަމުގެ މަންޒަރު ނުފެންނާތީ ބްރޭކް ނަގައި ކޯޗަށްވެސް ޗުއްޓީ ދީފި.
674 ދުވަސް ކުރިން - 16:05
ސްޕެއިންގެ ލަ ލީގާގެ ރެއާލް ވަޔަޑޮލިޑްގައި އޮތް ރޮނާލްޑޯގެ ޝެއާ ވިއްކާލައި، ބްރެޒިލްހެ އެފްއޭގެ ރައީސް ކަމަށް ރޮނާލްޑޯ ކުރިމަތިލާން ނިންމީ މިހާރުގެ ރައީސް އެޑްނަލްޑޯ ރޮޑްރިގޭޒް ފެއިލްވެފައިވާ ކަމަށް ބުނެ.
674 ދުވަސް ކުރިން - 11:03