Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޮނާލްޑޯ ބްރެޒިލް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ

ރޮނާލްޑޯ ބްރެޒިލް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ

އުސްތާޛް މުޙައްމަދު ޢަލީ
584 ދުވަސް ކުރިން - 18 ޑިސެންބަރު 2024 11:03
ރޮނާލްޑޯ ބްރެޒިލް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ
ޚުލާސާ

ސްޕެއިންގެ ލަ ލީގާގެ ރެއާލް ވަޔަޑޮލިޑްގައި އޮތް ރޮނާލްޑޯގެ ޝެއާ ވިއްކާލައި، ބްރެޒިލްހެ އެފްއޭގެ ރައީސް ކަމަށް ރޮނާލްޑޯ ކުރިމަތިލާން ނިންމީ މިހާރުގެ ރައީސް އެޑްނަލްޑޯ ރޮޑްރިގޭޒް ފެއިލްވެފައިވާ ކަމަށް ބުނެ.

ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ, ބްރެޒިލް ފުޓްބޯލް އެސޯސިއޭޝަން (ސީބީއެފް) ގެ ރައީސްކަމުގެ މަޤާމަށް ވާދަކުރާނެ ކަމަށް ބުނެފިއެވެ.

އުމުރުން 48 އަހަރުގެ ރޮނާލްޑޯ ބުނެފައިވަނީ އޭނާ މި މަޤާމަށް ވާދަކުރަނީ ބްރެޒިލްގެ ނަން ދުނިޔޭގެ ފުޓްބޯޅައިގައި ކުރިން އޮތް ހަރުފަތަށް ގެންދިއުމަށް ކަމަށެވެ. އަދި މިހާރުގެ ރައީސް އެޑްނަލްޑޯ ރޮޑްރިގޭޒް އެކަމަށް ފެއިލްވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރޮނާލްޑޯ ބުނެފައިވަނީ ފާއިތުވެދިޔަ ގިނަ އަހަރުތަކެއްގައި ބްރެޒިލްގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ ހައްލަކަށް ވެފައިވާ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަންނަން ޖެހޭ ކަމަށެވެ. އަދި ގައުމީ ޓީމާމެދު ރައްޔިތުންގެ ޝައުޤުވެރިކަމާއި އިޙްތިރާމް މިހާރު ގެއްލިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

Advertisement

Advertisement 1

ސީބީއެފްގެ މިހާރުގެ ރައީސް ރޮޑްރިގޭޒްގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. ނަމަވެސް ސީބީއެފްގެ ގަވާއިދު ބުނާ ގޮތުން އެއިރެއްގައި މަޤާމުގައި ހުންނަ ފަރާތެއްގެ ދައުރު ހަމަވުމުގެ އެއް އަހަރު ކުރިން އިންތިޚާބު ބާއްވަން ޖެހޭނެއެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން މި އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

ރޮނާލްޑޯއަކީ 2002 ވަނަ އަހަރު ބްރެޒިލް އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިއެކެވެ. އަދި އޭނާއަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއެވެ.

ރޮނާލްޑޯ ބުނެފައިވަނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިން ބްރެޒިލްގައި ތިބިއިރު މިފަދަ ބޮޑެތި މުބާރާތްތަކުގައި ކާމިޔާބީ ނުހޯދޭކަމީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މި މަޤާމަށް ވާދަކުރާއިރު ސްޕެއިންގެ ލަ ލީގާގެ ރެއާލް ވަޔަޑޮލިޑްގައި އޮތް އޭނާގެ ހިއްސާ ވިއްކާލާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބްރެޒިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހިންގެ އެންމެ ބޮޑު ސަޕޯޓެއް އޮތް ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

20 ދުވަސް ކުރިން - 03:02

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

26 ދުވަސް ކުރިން - 00:01

ވިނީޝިއަސްގެ ޖާދޫގައި ބްރެޒިލް ކުރިއަށް: ވޯލްޑް ކަޕްގެ ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފި

ވިނީޝިއަސްގެ ޖާދޫގައި ބްރެޒިލް ކުރިއަށް: ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފި

27 ދުވަސް ކުރިން - 21:59

ފަސް ތަރީގެ ބްރެޒިލް އެމީހުންގެ ފެންވަރު ދައްކާލާ، ވަރުގަދަ ހައިޓީގެ ދުވަސް ދުއްވާލައިފި

ފަސް ތަރީގެ ބްރެޒިލް އެމީހުންގެ ފެންވަރު ދައްކާލާ، ހައިޓީގެ ދުވަސް ދުއްވާލައިފި

36 ދުވަސް ކުރިން - 07:32

އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން މާޔޫސްކޮށްލުމަށްފަހު އެމްބާޕޭގެ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

ވާދަވެރިން މާޔޫސްކޮށްލުމަށްފަހު އެމްބާލޭ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

39 ދުވަސް ކުރިން - 05:49

ކިއުރަސާއޯއާ 7-1 އިން ބަލިކޮށް ޖަރުމަނުން، ބްރެޒިލްގެ ހިތްދަތި ހަނދާންތައް އާކޮށްފި

7-1 އިން މޮޅުވެ ޖަރުމަނުން ބްރެޒިލްގެ ހިތްދަތި ހަނދާންތައް އާކޮށްފި

41 ދުވަސް ކުރިން - 00:03