އިމަޖެންސީ ހާލަތެއްގައި އަންގި ލައްވައިގެން ގޯލަށް އަރައި އަޖުފާނު ވަނީ ކާށިދޫން ޖެހި ތިން ޕެނަލްޓީއެއް މަތަކޮށްފައި. އޭދަފުށި މޮޅުވީ 3-1 ގެ ނަތީޖާއިން.
617 ދުވަސް ކުރިން - 02:24
މިފަހަރު 4-0 ގެ ނަތީޖާއިން ތިމަރަފުށި މޮޅުވިއިރު މިދިޔަ އަހަރުގެ ފައިނަލްގައި ގަން އަތުން ތިމަރަފުށި ވަނީ ބަލިވެފަ. މިއީ ޒޯން 6 ގެ ތަށި ތިމަރަފުއްޓަށް ލިބުނު ފުރަތަމަ ފަހަރު.
617 ދުވަސް ކުރިން - 01:47
މި ފަހަރުގެ ޗެމްޕިއަނުންނަކީ މިދިޔަ އަހަރުގެ ޤައުމީ ބީޗްވޮލީބޯޅަ ލީގުގެވެސް ޗެމްޕިއަނުން. މި ދެ ޕެއާއިން ތަށި މި ނެގީ ވިދިވިދިގެން ދެވަނަ ފަހަރަށް.
617 ދުވަސް ކުރިން - 15:49
ރޭގަނޑު 8:00 ގައި ފަށާ ދެ މެޗަކީ ޒޯން 6 ގެ ފައިނަލުގައި ތ. ތިމަރަފުށްޓާއި ގަން ކުޅޭ މެޗާއި، ޒޯން 8 ގެ ފައިނަލުގައި ވިލިމާލެއާއި މައްޗަންގޯޅި ކުޅޭ މެޗު.
617 ދުވަސް ކުރިން - 15:41
ބާސާ ރޭ މޮޅުވުމުން ލީގުގެ 1 ވަނައިގައި އޮތް ރިއަލް މެޑްރިޑާއި ދެމެދު ބާކީ އޮތީ 2 ޕޮއިންޓުގެ ފަރަގެއް.
618 ދުވަސް ކުރިން - 10:34
އެފްއޭކަޕުން ލިވަޕޫލް ކަޓުވާލީ ޗެމްޕިއަންސް ލީގުގެ ފުލުގައި އޮތް ޓީމުތަކުގެ ތެރެއިން ޕްލައިމައުތުން. ލިވަޕޫލުން ކުރި ހުރިހާ މަސައްކަތެއް ފެނަށް!
618 ދުވަސް ކުރިން - 10:13
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، މުހައްމަދު ކައިސަން އިއްޒަތު ރަޝީދު އާއި ނޫހުގެ ޕެއާ އިން ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަނަކީ، ނަބާ އާއި އާރާގެ ޕެއާ.
619 ދުވަސް ކުރިން - 13:23
މިއީ ކްރިސްމަސް އަށް ފަހު ފަހަތުން އަރައި ޗެލްސީ ބަލިކޮށްލި 5 ވަނަ މެޗް. ރޭ ޗެލްސީ ބަލިވީ 1-2 ގެ ނަތީޖާއިން.
619 ދުވަސް ކުރިން - 10:45
1-1 އިން މެޗު އެއްވަރުވުމުން 23 މެޗު ދެޓީމު ކުޅެ ރިއަލް އަށް 50 ޕޮއިންޓް. އެތުލެޓިކޯ އަށް 49 ޕޮއިންޓް. އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި ބާސެލޯނާ އަށް ލިބެނީ 45 ޕޮއިންޓް.
619 ދުވަސް ކުރިން - 09:59
މިރޭ ލޭޓަން އޯރިއެންޓް 1-2 އިން ބަލިކޮށް މެންޗެސްޓަރ ސިޓީ ވަނީ އެފްއޭ ކަޕްގެ 5 ވަނަ ބުރަށް ކޮލިފައިވެފަ. 5 ވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ މާދަމާ ރޭ.
620 ދުވަސް ކުރިން - 00:11
މރޭ ޖެހި ދެ ގޯލާއެކު ޑެމްބެލޭ މި ސީޒަނުގައި ޖެހި ލީގު ގޯލުގެ އަދަދު ވަނީ 16 އަށް އަރައިފަ. ޕީއެސްޖީއަށް މިހާރު ވަނީ ލީގުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ލިބިފަ.
620 ދުވަސް ކުރިން - 09:43
ފާބްރެގާސް ބުނީ މިހާރު ދިމާވަމުންދާ ހަމަހަމަ ނޫން ނިންމުންތައް ނިންމުމުގެ ސަބަބުން ވީއޭއާރަކީ ފުޓްބޯޅައަށް ނުރަނގަޅު އެއްޗަކަށް ވަމުންދާ ކަމަށް.
620 ދުވަސް ކުރިން - 09:19