ޤައުމީ ބީޗްވޮލީބޯޅަ ލީގު 2025 ގެ ޗެމްޕިއަނުން ހޮވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 101 ދުވަސް ކުރިން - 11 ފެބްރުއަރީ 2025 15:49
ގައުމީ ބީޗްވޮލީބޯޅަ ލީގު 2025 ގެ ޗެމްޕިއަނުން ކަމަށްވާ ކުޑަ ކާއްޓެ އާއި އެޑަމް އަދި ޒީއާއި އަރީ ތައްޓާއި މެޑެއްޔާއެކު.
ގައުމީ ބީޗްވޮލީބޯޅަ ލީގު 2025 ގެ ޗެމްޕިއަނުން ކަމަށްވާ ކުޑަ ކާއްޓެ އާއި އެޑަމް އަދި ޒީއާއި އަރީ ތައްޓާއި މެޑެއްޔާއެކު.
ޚުލާސާ

މި ފަހަރުގެ ޗެމްޕިއަނުންނަކީ މިދިޔަ އަހަރުގެ ޤައުމީ ބީޗްވޮލީބޯޅަ ލީގުގެވެސް ޗެމްޕިއަނުން. މި ދެ ޕެއާއިން ތަށި މި ނެގީ ވިދިވިދިގެން ދެވަނަ ފަހަރަށް.

ޤައުމީ ބީޗްވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަމަށް ފާތިމަތު ޒީނިޔާ (ޒީ) އާއި އައިމިނަތު އަރީޝާ (އަރީ)ގެ ޕެއާ އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަނުންގެ ގޮތުގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ހޮވިއްޖެއެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި ޒީ އާއި އަރީގެ ޕެއާ ވާދަކުރީ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ)ގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން ޒީ އާއި އަރީގެ ޕެއާ ކުރިހޯދީ 21-18، 21-15 އިންނެވެ. ދެވަނައަށް ދިޔައީ ހައްވަ އާއި މާޖީގެ ޕެއާއެވެ. ތިންވަނަ ހޯދީ ޝަމްހާ އާއި އަނާލްގެ ޕެއާއެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލުގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވާދަކުރީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ކުރިހޯދީ 21-14، 21-19 އިންނެވެ. ދެވަނައަށް ދިޔައީ ޑެންޒޯ އާއި ކޯކޭގެ ޕެއާއެވެ. ތިންވަނަ ހޯދީ އަދްނާން އާއި ޝިމާލްގެ ޕެއާއެވެ.

މި ފަހަރުގެ ޗެމްޕިއަނުންނަކީ މިދިޔަ އަހަރުގެ ޤައުމީ ބީޗްވޮލީބޯޅަ ލީގުގެ ޗެމްޕިއަނުންވެސް މެއެވެ. މިއީ މި ދެ ޕެއާއިން ވިދިވިދިގެން ދެވަނަ ފަހަރަށް މި މުބާރާތުގެ ތަށި ހޯދި ފަހަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%