ޚާއްސަކޮށް ހުޅަނގާއި ރަޝިޔާގެ ގުޅުން ގޯސްވެ، ތަފާތު ގްލޯބަލް ޕާޓްނަޝިޕްތަކަށް އިސްލާމްއާބާދުން އެދޭ ދަނޑިވަޅެއްގައި ދެ ގައުމުން ވެސް ޖިއޮޕޮލިޓިކަލް ގޮންޖެހުންތަކާ ކުރިމަތިލާން މަސައްކަތް ކުރަމުންދާއިރު، ޕާކިސްތާނާ ގުޅުން ދަނީ ފުން ކުރަމުންް
759 ދުވަސް ކުރިން - 15:22
އެމްބަސީތަކަށް ގޮސް ހަޅޭއްލެވުން އެއީ ވެރިންނަށް ކިޔަމަން ނުވުން. ޑރ.ޝަހީމުއާއި ޑރ .އިޔާޒާ ދެބޭފުޅުން ގެ މެދުގައި އޮތް އިޚްތިލާފު ހިފެހެއްޓުމެއް ނެތި މީޑިޔާއަށް ތިލަކުރުމަކީ ރާއްޖޭގައި ޑިމޮކްރަސީ ގެ ނަމުގައި އާލާވަމުންދާ ފުރައްސާރަ ކުރުމާއި ޣީބަ ބުނުމާއި ދޮގު ތުހުމަތު އެޅުވުމުގެ ނުބައި އާދަ ތަކުގެ ތެރެއަށް ދީނީ ޢިލްމުވެރިން ގެނބިދާނެ ކަމެއް
761 ދުވަސް ކުރިން - 23:31
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސީ ކާމިޔާބީ، މޭޔަރު އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ފެށިގެން ޕީއެންސީގެ ނުފޫޒު ފުޅާކުރުމާ ހަމައަށް، މިއަދު އިރު އޮއްސޭނީ ރާއްޖޭގެ ފުރަތަމަ ބަންކަރިންގ ޚިދުމަތް ފަށައިގެން. ތާރީޚު ލިޔުއްވާ ބޭފުޅުންގެ ފަތްފުށްތަކުގައި މިވާހަކަތައް ލިޔުއްވާނެ
761 ދުވަސް ކުރިން - 09:43
މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރައްޔިތުންގެ ބޮލުގައި 200 ބިލިއަން ރުފިޔާ އަށްވުރެ ގިނަ ދަރަނި ހުއްޓެވެ. މިއީ ކުރީގެ ސަރުކާރުން ނަގާފައިވާ ފައިސާއެވެ. ގައުމުގައި ޑޮލަރު ތާށިވެގެން އުޅެނީ މިކަމާ ހެދިއެވެ. ސަރުކާރުން ބުނަނީ ގައުމުގެ އިގްތިސާދު ކޮޅަށް ޖަހާނެ ކަމަށެވެ. އެގޮތުން ވަރަށް ކާމިޔާބު ފޯމިއުލާތަކެއް މިސަރުކާރުން ވަނީ ހޯދާފައިކަން ފާހަގަ ކުރެވެއެވެ.
765 ދުވަސް ކުރިން - 02:19
ދޮގުހަދައި ނަފްރަތު އުފައްދާނަމަ ފިޔަވަޅު އަޅަން އެބަ ޖެހޭ! ތަރުޖަމާނު ހީނާ އާއި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުގެ އިތުރުން ހުޅުމާލޭ މެދު ދާއިރާގެ މެމްބަރު ޝަޒީމް ވިދާޅުވީ މެމްބަރުންނަށް ނުހައްގުން ފައިސާދޭ ވާހަކައަކީ ދޮގެއް ކަމަށް..
767 ދުވަސް ކުރިން - 18:13
މި 3 ދުވަހު 140 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި. އިސްރާއީލުން ބޭނުންވަނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހުސްކޮށްލަން. މަގުސަދަކީ އާބާދީ އިތުރުވިޔަ ނުދިނުން. މުޅި ބިން އެއްކޮށް ފޭރިގަތުން. ފަލަސްތީނު ބިމަކީ ޤުދުރަތީ ގޮތުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ބިމެއް. ތެލާއި މިނަރަލްސް އާއި އެތައް ބާވަތެއްގެ މަޢުދަން އެސަރަހައްދުގައި އެބަހުރި ކަމަށްވޭ
768 ދުވަސް ކުރިން - 10:36
ރައްޔިތުން ބާރުވެރިކުރުމާއި، ދުނިޔޭގެ އެއްބާރުލުން އިތުރުކުރުމާއި، ސްޓާޓްއަޕްތަކަށް އެހީތެރިވުމާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުން ރައީސް ބޭނުންފުޅުވާތީވެ، ޤައުމުގެ ލޮލުން ދެކެން ބޭނުންވަނީ ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވާ ފިއުޗާ
771 ދުވަސް ކުރިން - 20:46
މަގުތަކާއި މީހުން ހިމާޔަތް ކުރުމަށް ދުއްވާ އެއްޗެހީގެ ސްޕީޑް ތަންފީޒުކުރުމާއި، އުޅަނދުފަހަރުގެ ގަވާއިދުތައް ހަރުކަށިކޮށް، އަޑު ތަޣައްޔަރުވުން ކޮންޓްރޯލްކުރުން ފަދަ ބޮޑެތި އަދި ކުއްލި ފިޔަވަޅުތައް ރައީސް އަޅުއްވައިފި.ސަބަބަކީ އަޅުގަނޑުމެންގެ ފުރާނަތައް އެކްސިޑެންޓް ތަކުން ސަލާމަތް ކުރުން
773 ދުވަސް ކުރިން - 14:49
މިއަދު އެކި ތަންތަނަށް ދިން ހަމަލާތަކުގައި 13 މީހުން ޝަހީދުވިކަން ކަށަވަރުވެފައިވާއިރު އަދަދުތައް އިތުރުވާނެ ކަމަށް ބެެލެވޭ. މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާއިން ގާތްގަނޑަކަށް ދެ މިލިއަން މީހުން ގަދަކަމުން ގެދޮރުން ނެރެލާފަ. އޭގެތެރެއިން ބޮޑު ބައެއް ވަނީ މިސްރާ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ތޮއްޖެހިފައިވާ ސިޓީ ރަފާއަށް ބަދަލުވެފަ
774 ދުވަސް ކުރިން - 20:22
މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ކުށްކުރުމާއި، އާއިލާ ހަލާކުވުމާއި، މުޖުތަމަޢަށް ގެއްލުން ލިބޭ. އެޑިކްޝަންގެ ސަބަބުން ކުރާ ފަނާކުރަނިވި އަސަރުތަކުގެ ސަބަބުން އާއިލާތަކަށް ގިނަ ފަހަރަށް މާލީ ދަތިތަކާއި ހިތްދަތިކަން ތަހައްމަލު ކުރޭ.
775 ދުވަސް ކުރިން - 15:52
މިލިޓަރީ އިންޓެލިޖެންސް ޑިރެކްޓަރޭޓްގެ ރިސާޗް ޑިވިޝަންގެ އިސް އޮފިސަރަކާއި، ޣައްޒާ ޑިވިޝަންގެ ކޮމާންޑަރާއި، ގްރައުންޑް ފޯސްގެ ވެރިޔާ ވެސް ވަނީ މަގާމުން ވަކިވެފަ
776 ދުވަސް ކުރިން - 18:30
ރައީސް ޔާމީންގެ ސަރުކާރުން ނިންމި ގޮތަށް ބުރިޖުގައި 4 ފުރޮޅުލީ އުޅަނދަށް 2 ލޭނާއި މޮޓޯސައިކަލް އަށް 2 ލޭން އަދި ބައިސްކަލު ދުއްވަން (ފަހުން ނިންމީ ހިނގާ މީހުންނަށް) ޚާއްސަކޮށްފައިވާ 2 ލޭން ހިމެނޭހެން ޖުމްލަ 6 ލޭން އެބަހުރި. އެއްވެސް ބަދަލެއް، ހުށަހެޅުމެއް، ނުވަތަ ރައީސް މުޢިއްޒުގެ ބައިވެރިވުމުގެ ކުރިން ހިނގާފައިވާ ކަމެއް، އެމަނިކުފާނުގެ ބާރުގެ ބޭރުން ނިންމާ ނިންމުންތަކުގެ އެއްވެސް ކުށެއް އެމަނިކުފާނުގެ މައްޗަށް އުފުލުމަކީ އިންސާފުވެރި ކަމެއް ނޫން
779 ދުވަސް ކުރިން - 18:13