
އަޅުގަނޑުމެންގެ މާތް މުޤައްދަސް ފަލަސްތީނުގެ ބިމުގައި ކުޑަ ކުދިންނާއި އަންހެނުންނަށް ހާއްސަކޮށް ޓާގެޓްކޮށްގެން އިސްރާއީލުގެ ޔަހޫދީން އެހިންގާ ލާއިންސާނީ ޖަރީމާތައް ފެނި ކަރުނައަޅައި ރޮވެއެވެ. އިސްރާއީލުން ބޭނުންވަނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ޤަތުުލުކޮށްލައި ހުސްކޮށްލާށެވެ. މަގުސަދަކީ ފަލަސްތީނުގެ ދަރިކޮޅުގެ އާބާދީ އިތުރުވިޔަ ނުދީ މުޅިން ހުސްކޮށްލުމެވެ.އެއަށްފަހު މުޅި ފަލަސްތީނުގެ ބިމަކީ އިސްރާއީލުގެ ތަނަކަށް ހެދުމަށެވެ. ފަލަސްތީނު ބިމަކީ ޤުދުރަތީ ގޮތުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ބިމެކެވެ. ތެލާއި މިނަރަލްސް އާއި އެތައް ބާވަތެއްގެ މަޢުދަން އެސަރަހައްދުގައި އެބަހުއްޓެވެ.
އަޅުގަނޑުމެންގެ މުސްލިމު އަޚުންގެ މުޅި ނަސްލު ނައްތާލުމަށްޓަކައި ޔަހޫދީން އެހިންގާ ގަތުލުޢާންމު ހުއްޓުވާކަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ބޭނުމެއް ނުވެއެވެ. ހަގީގަތުގައި ވެސް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ނުވަތަ ހަމައެކަނި ހުރިހާ މުސްލިމު ގައުމުތަކުން އެކައްޗެއް ކިޔައި ފަލަސްތީނާއި ދެކޮޅަށް ތެދުވިޔަސް ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް މަޖުބޫރު ވާނެއެވެ.
ފާއިތުވީ ތިން ދުވަހު 140 އަށްވުރެ ގިނަ މީހުން ޝަހީދުވި
ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދޭ ސްކޫލަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ އާންމުން ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.
މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި ގެދޮރު ދޫކޮށްފައިވާ މީހުން ހިޔާ ހޯދަމުންދާ އަލްޖައުނީ ސްކޫލަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ނުވަ މީހުން ޝަހީދުވެފައިވާއިރު ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
10 އޮގަސްޓްގައި ޣައްޒާ ސިޓީގެ އިރުމަތީ އަލްދަރާޖް ސަރަހައްދުގައި ހުންނަ އަލް ރަބީން ސްކޫލުގައި އިސްރާއީލުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އާންމުންނާ ދެކޮޅަށް ރޮކެޓް ހަމަލާދީ 100 އަށް ވުރެ ގިނަ އާންމުން މަރުވެ 150 މީހުން ޒަހަމްވެފައިވެ އެވެ.

އަދި އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ނަސްރު އަދި ހަސަން ސަލާމާ ސްކޫލްތަކަށް ހައްދުފަހަނައެޅި އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި މަދުވެގެން 30 އާންމުން މަރުވެ، ގިނަ އަދަދެއްގެ ކުޑަކުދިން ޒަހަމްވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު އިސްރާއީލުން ވަނީ ޣައްޒާގެ އަވަށްޓެރި ޝެއިޚް ރަދުވާންގެ ހަމާމާ ސްކޫލަށް އަމާޒުކޮށް ވެސް ހަމަލާ ދީފައެވެ. އެތަނުގައި ދިރިއުޅޭ ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދާ ތަނަށް ހަަމަލާ ދިންއިރު ޝަހީދުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނެތެވެ.









