ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް ފޮނުއްވި މެސެޖެއްގައި، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފި.
558 ދުވަސް ކުރިން - 09:32
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ފުލުހުން ވަނީ އެންޓި-ސްކޭމް ސެންޓަރެއް ގާއިމްކޮށް، މި މައްސަލަތައް ރިޕޯޓުކުރުމަށް 125 ނަންބަރު ތައާރަފްކޮށްފި.
558 ދުވަސް ކުރިން - 09:27
އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައި ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 232 މީހުން ޝަހީދުވެއްޖެ. ހުރިހާ ރަހީނުން ދޫކޮށް ނިމެންދެން ލޭއޮހޮރުވުން ކުރިޔަށް ގެންދާނެ ކަމަށް ޒައެނިސްޓުން ބުނެފި.
558 ދުވަސް ކުރިން - 09:10
ބިންވެރިޔާ ސްކީމާ ގުޅޭގޮތުން އެޗްޑީސީން ކުރި އޮޑިޓަކުން ފާހަގަވި އިތުރު މައްސަލަތަކެއް ތަޙުޤީޤު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި. މީގެ ކުރިންވެސް މި ސްކީމްގެ އިތުރު މައްސަލަތަކެއް ހުށަހާޅާފައިވޭ.
558 ދުވަސް ކުރިން - 08:50
މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ޕެނަލް ޑިސްކަޝަނަތަކެއް ހިމެނޭ ރައިސިނާ ޑަޔަލޮގްގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަންނަވަން ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެންފި.
558 ދުވަސް ކުރިން - 08:45
ކުރިން އޮންނަނީ ބަންދު ދުވަސް ނުހިމަނައި ފަސްދުވަސް. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ މަޖިލީހުގެ މަސައްކަތްތައް އަވަސްކުރުން.
558 ދުވަސް ކުރިން - 19:40
ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކަށް ބަލާއިރު ނޯވޭ އާއި ފިންލެންޑް އަދި ޑެންމާކު ފަދަ ޤައުމުތަކުގެ ސުޕްރީމް ކޯޓުގައި ތިއްބަވަނީ ޖުމްލަ 5 ފަނޑިޔާރުން.
558 ދުވަސް ކުރިން - 15:16
ހަށިވިއްކުމުގެ ވިޔަފާރީގައި އުޅެނިކޮށް ހައްޔަރުކުރީ ވިއެޓްނާމްގެ ދެ އަންހެނުންނާއި ލާއޮސްގެ އަންހެނެއް.
558 ދުވަސް ކުރިން - 14:39
މަޖިލީހުން ކުރިން ފާސްކޮށްފައި އޮތް ގޮތަށް ބިލް ތަޞްދީޤް ނުކުރައްވައި ބިލާއި ދޭތެރޭ އަލުން ވިސްނަވަން ރައީސް އެންގެވުމުން، މަޖިލީހުން ވަނީ ބިލް އިޞްލާޙް ކުރަން ނިންމާފަ.
558 ދުވަސް ކުރިން - 13:34
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތައް ހަވާލުކުރީ އާރްޑީސީ އާއި އެމްޓީސީސީ އަދި ފެނަކަ ކޯޕަރޭޝަނާ.
558 ދުވަސް ކުރިން - 13:30
މެޑަމް ސާޖިދާ ވިދާޅުވީ އެއްވެސް މީހަކަށް މިފަދައިން ހަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް.
558 ދުވަސް ކުރިން - 12:03
ސިޔާސީ ބޭނުމަށް މެޑަމް ސާޖިދާގެ ޢާއިލާއާއި ގުޅުވައި ފެތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެމްޓީސީސީގައި (އަނބިކަނބަލުންނަށް) ލިބުނު ކުރިއެރުމަކާއި މިސަރުކާރާއި ގުޅުމެއް ނެތްކަމަށް ޢާޠިފް ވިދާޅުވި.
558 ދުވަސް ކުރިން - 11:45