Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޗްޑީސީން "ބިންވެރިޔާ" ސްކީމްގެ އޮޑިޓް ކުރުމަށްފަހު އިތުރު މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފި

އެޗްޑީސީން "ބިންވެރިޔާ" ސްކީމްގެ އޮޑިޓް ކުރުމަށްފަހު އިތުރު މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފި

އާނާ ފަހީމް
495 ދުވަސް ކުރިން - 18 މާޗް 2025 08:50
އެޗްޑީސީ ބިލްޑިންގ
އެޗްޑީސީ ބިލްޑިންގ
ޚުލާސާ

ބިންވެރިޔާ ސްކީމާ ގުޅޭގޮތުން އެޗްޑީސީން ކުރި އޮޑިޓަކުން ފާހަގަވި އިތުރު މައްސަލަތަކެއް ތަޙުޤީޤު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި. މީގެ ކުރިންވެސް މި ސްކީމްގެ އިތުރު މައްސަލަތަކެއް ހުށަހާޅާފައިވޭ.

"ބިންވެރިޔާ" ސްކީމާއި ގުޅޭގޮތުން ކުރި ޚާއްޞަ އޮޑިޓަކުން އިތުރު މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި މި މައްސަލަތައް އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާކަން ވެސް އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވެއެވެ.

މީގެ ކުރިން، މި ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދީފައިވާ ކަމަށް ބުނެ ވެސް މައްސަލަ އުފެދިފައިވެއެވެ. މި ގޮތުން އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަދު ފަޒީލް ރަޝީދަށް ގޯއްޗެއް ލިބިފައިވާ ކަމަށް ބުނެ ލިޔެކިޔުންތަކެއް އާންމުވެފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އޯގަސްޓު މަހު ނެރުނު "ބިންވެރިޔާ" ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނިފައިވަނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ.

Advertisement

Advertisement 1

އެޗްޑީސީން ބުނީ މިހާރު ފާހަގަވެފައިވާ ކަންތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ބަލައި، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެއެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީބިންވެރިޔާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

3 ދުވަސް ކުރިން - 14:28

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި ސައްބީސް ކާނިވަލް" ބާއްވަނީ

4 ދުވަސް ކުރިން - 16:09

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

26 ދުވަސް ކުރިން - 22:44

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

35 ދުވަސް ކުރިން - 15:03

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

38 ދުވަސް ކުރިން - 16:32

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

45 ދުވަސް ކުރިން - 16:51