އިސްރާއީލުގެ ޒައެނިސްޓުން ފަތިހުއްސުރެ ޣައްޒާގެ ޢާންމުންނަށް ދެމުންދާ ޙަމަލާތައް މިހާރު ވަރުގަދަކޮށްފައިވާއިރު ކަނޑުންނާއި ވައިގެމަގުން، ޖެހުނު ކޮންމެ ތަނަކަށް ދަނީ ޙަމަލާތައް ދެމުންނެވެ. ބައެއް ހަބަރުތައް ބުނާ ގޮތުގައި ޙަމަލާތަކުގައި އައު ހަތިޔާރުތައް ދަނީ ބޭނުންކުރަމުންނެވެ.
މިވަގުތާއި ހަމަޔަށް 232 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ. ނުރަސްމީ ބައެއް ޗެނަލް ތަކުން ބުނާ ގޮތުގައި ޣައްޒާގެ އެއްވެސް ހިސާބެއްގައި އެއްވެސް ރައްޔިތަކަށް އަމާންކަމެއް ނޯންނާނެ ކަމަށް އިސްރާއީލުން ދަނީ ބުނަމުންނެވެ.
އދ.ގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޑެނީ ޑެނަން ވަނީ ޣައްޒާއަށް ދިން އަނިޔާވެރި ވައިގެ ހަމަލާތައް ދިފާއުކޮށްފަ އެވެ. އޭނާ ބުނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވަން ބޭނުންނަމަ، ރަހީނުކޮށްފައިވާ މީހުން އަނބުރާ އިސްރާއީލަށް އަންނަކަން ކަށަވަރުވާން ޖެހޭނެ ކަމަށާއި، އެންމެން ޙަވާލު ނުކުރަނީސް ހަމަލާތަކަށް ހުއްޓުމެއް ނެތެވެ.
މިއީ އިސްރާއީލުން ހަނގުރާމަ ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާގު ކަމެކެވެ.









