މި މަސައްކަތް ކުރަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން. އަންނަ ނޮވެމްބަރު 11 ގައި އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭއިރު، މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައި.
693 ދުވަސް ކުރިން - 13:56
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނެ ކަމަށް އެ ކުންފުނިން ބުނި.
698 ދުވަސް ކުރިން - 12:13
ސްޓެލްކޯއިން މާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި. މި ސްޓޭޝަނުން ދެފުރޮޅުލީ އަދި ހަތަރުފުރޮޅުލީ އުޅަނދުތައް ޗާޖުކުރެވޭނެ.
700 ދުވަސް ކުރިން - 11:55
މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަން ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:15 އާ ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނި.
704 ދުވަސް ކުރިން - 15:48
ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާ ގުޅުންހުރި މަޢުލޫމާތު ލިބޭނެ ކަމަށާއި ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނި. އަދި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނި.
706 ދުވަސް ކުރިން - 16:18
މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މާދަމާ ކުރުމަށް ވަނީ ހަމަޖެހިފައި. މި މަސައްކަތް ކުރިއަށްދާނީ މާދަމާ ހެނދުނު 09:30 އިން 10:15 އަށް އަދި މެންދުރުފަހު 2:00 އާއި 3:00 އާ ދެމެދުގަ ކަމަށް ސްޓެލްކޯ ބުނެފައިވޭ
709 ދުވަސް ކުރިން - 19:32
ކަރަންޓު ކެނޑޭނެކަމަށް ލަފާ ކުރެވެނީ މިއަދު ހެނދުނު 09:30 އިން ފެށިގެން 11:30 އާ ދެމެދުގަ. މިއީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރާތީ ދިމާވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނޭ
719 ދުވަސް ކުރިން - 09:30
ރީޑިން ނެގުމާއި ބިލްކުރުމާއި ގުޅޭ ގޮތުން ކުރީގެ ރައީސް ޔާމީން ކުރެއްވި ތުހުމަތުތަކަށް ޖަވާބުދާރީވަމުން، ސްޓެލްކޯއިން ތަފްޞީލީ ރައްދެއް ދީފި. ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކަރަންޓު ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ފޯރުކޮށްދޭ ކަމަށާއި، ކޮންމެ މަހަކު ވެސް ގެތަކަށް ގޮސް ރީޑިން ނަގާ ކަމަށް، އަދި ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން މަސައްކަތްކުރާ ކަމަށާއި، ހުރިހާ ކަސްޓަމަރުންނަށް އެއް އުސޫލަކުން ބިލްކުރާ ކަމަށް އެ ކުންފުނިން ބުނެފައިވޭ.
722 ދުވަސް ކުރިން - 16:11
ސްޓެލްކޯ އިން އަންގާފައިވާ ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެނަރޖައިޒް ކުރުމުގެ މަސައްކަތާ ގުޅިގެން މާދަމާ، 13 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އިން 7:00 އާ ދެމެދު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވޭ.
725 ދުވަސް ކުރިން - 15:22
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސްޓެލްކޯގެ ނަމުގައި ބަޔަކު ސްކޭމް ކޯލް ކުރަމުން ގެންދާތީ ކަސްޓަމަރުން ސަމާލުވުމަށް އަންގާފަ. އަދި ސްޓެލްކޯއިން އެއްވެސް އާންމު މައުލޫމާތަކަށް ނުގުޅާނެކަމަށާއި އެއްވެސް ކަމެއް ޝައްކުވާ ނަމަ އެކަން ސާފުކުރުމަށް ސްޓެލްކޯއަށް ގުޅުމަށް ވަނީ އިލްތިމާސް ކޮށްފަ.
736 ދުވަސް ކުރިން - 12:27