މި ބައްދަލުކުރެއްވުމުގައި ބަނޑިދޫގެ އިސްރަށްވެހިން ވަނީ އެބޭފުޅުން ބޭނުންފުޅުވާ ކަންކަމާއި، އެބޭފުޅުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައި.
589 ދުވަސް ކުރިން - 15:36
އިތުރު ޚިދުމަތްތަކެއްގެ ގޮތުގައި، ކުޑަހުވަދޫގައި ހުޅުވާފައިވާ ބީއެމްއެލް ބްރާންޗުގެ މުވައްޒަފުން ބަނޑިދޫއަށް ގޮސް އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ.
589 ދުވަސް ކުރިން - 13:44
ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި މަޑުޖެހިފައިވާ މަޝްރޫޢުތައްވެސް މި މަހުގެ ބާކީ އޮތް ދުވަސްތަކުގައާއި މާރިޗު މަހު ފެށިގެން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވި.
589 ދުވަސް ކުރިން - 12:22
މާއެނބޫދޫގައި އޭޓީއެމް ހުޅުއްވައި ދެއްވުމަށްފަހު ރައީސް ވަނީ އޭޓީއެމްގެ ޚިދުމަތް ބޭނުން ކުރައްވާ ފައިސާ ނަންގަވާފައި.
590 ދުވަސް ކުރިން - 10:47
އާންމު ސިއްޙަތުގެ ޚިދުމަތާއި، ދުންފަތާއި ދެކޮޅު ފަރުވާއާއި، ގައިންގައިން ނާރާ ބަލިތަކަށް ފަރުވާދޭ ޚާއްޞަ ކްލިނިކާއި، މާބަނޑު މީހުންގެ ޚާއްޞަ ކުލިނިކު އަދި ކުޑަކުދިންގެ ކުލިނިކެއްވެސް ޤާއިމްކޮށްފި.
590 ދުވަސް ކުރިން - 10:04
ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުވައިދެއްވުމާއެކު ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް މިއަދު އެރަށަށް ލިބޭނެ. މިގެ އިތުރުން ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް އިޢުލާން ކުރާނެ!
590 ދުވަސް ކުރިން - 09:43
ރައީސް ވިދާޅުވީ މި ދައުރުގައި ޕޯޓްގެ ޚިދުމަތް ދޭނެ ކަމަށް. މިއާއެކު ކުޑަހުވަދޫ ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްޤީވެ، އިޤްތިޞާދީ ގޮތުން ކުރިއަރާނެ.
590 ދުވަސް ކުރިން - 09:03
ކުޑަހުވަދޫގައި ހިއްކާފައިވާ ބިމުގައި ހުރިހާ ޔުޓިލިޓީ ޚިދުމަތްތަކާއެކު މަގުތައް ތަރައްޤީކުރާނެ ކަމަށް ރައީސް ވިދާޅުވި.
590 ދުވަސް ކުރިން - 00:28
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އޭޓީއެމްގެ ޚިދުމަތް ނުފެށި ހުރި ރަށްތަކުގައި އެ ޚިދުމަތް އަހަރެއްގެ ތެރޭގައި ދޭން ފެށުން ކަމަށް.
590 ދުވަސް ކުރިން - 00:06
ރާއްޖޭގެ އިޤްތިޞާދު އޮތްގޮތުން ފުރަތަމަ ޖެހިވަޑައިގަތީ ބޭރާއި އެތެރޭގެ ދަރަނިތައް ދެއްކުމާއި އިޤްތިޞާދު ހަރުދަނާކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވުމަށްކަމަށް ރައީސް ވިދާޅުވި.
590 ދުވަސް ކުރިން - 23:39
ސަރުކާރުގެ މަޤްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުން ކަމަށާއި، ރަމަޟާންމަހު ކަރަންޓާއި ފެނުގެ ޚިދުމަތުން ޑިސްކައުންޓް ދިނުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމުގައި ރައީސް ވިދާޅުވި.
590 ދުވަސް ކުރިން - 23:04
ބީއެމްއެލް އިން މިއަދު ވަނީ ކުޑަހުވަދޫގައި ސެލްފް ސަރވިސް އޭޓީއެމް އެއްވެސް ހުޅުވާފައި.
590 ދުވަސް ކުރިން - 22:03