ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ އައު ޢިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ޢިމާރާތުގައި ބިންގާ އަޅާފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީގެ އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް އަދި ޗެއާޕާސަން އަހުމަދު އަލީ ހަބީބް އެވެ.
ބީއެމްއެލް އިން މިއަދު ވަނީ ކުޑަހުވަދޫގައި ސެލްފް ސަރވިސް އޭޓީއެމް އެއްވެސް ހުޅުވާފައެވެ.
މިއީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ދެއްކެވި ވާހަކަފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ރައީސްގެ ވާހަކަފުޅުގައި، މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.









