
ރާއްޖޭގެ ސްޓޭޑިއަމަށް ދިރުމެއް ގެނެސްދިން ގޯލްޑްކަޕްގެ ފައިނަލްގައި މިރޭ ތަށި ގެންދާނީ އައްޑޫތޯ ނުވަތަ އޭދަފުށިންތޯ، މިބަހުސްގައި ތިބިއިރު ނައިބު ރައީސް އިލްތިމާސްކުރައްވަނީ ފުޓުބޯޅައިގެ ފޯރީގެ ތެރެއިންވެސް މިހާރެކޭ ވެސް އެއްގޮތަށް ޑިސިޕްލިން ދަމަހައްޓަން.
624 ދުވަސް ކުރިން - 17:20
އައްޑޫ ސިޓީ ފައިނަލަށް ދިޔައިރު އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ބޮންޑާ. ދެވަނަ ލަނޑު ވެސް ޖެހީ ބޮންޑާގެ މަސައްކަތުން. އޭދަފުއްޓާއެކުނއައްޑޫ ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހު.
626 ދުވަސް ކުރިން - 03:25
އޭދަފުށިން މާލެ ސިޓީ ބަލިކުރީ 3-2 ލަނޑުން. މިއީ އަށް އަހަރަށްފަހު އޭދަފުށިން ގަލޮޅު ދަނޑުގައި ކުޅޭނެ ފުރަތަމަ ފައިނަލް.
626 ދުވަސް ކުރިން - 22:33
އައްޑޫ ސިޓީގެ ތިން ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ.. އައްޑޫގެ ފުރަތަމަ ލަނޑު ޖެހީ އުފަންދުވަސް ފާހަގަކުރަމުންދާ އިސްމާއިލް އީސާ (މެސީ)ގެ އިތުރުން، ހާޒިމް ރިފްއަތުއާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ).
628 ދުވަސް ކުރިން - 05:47
2-2 އިން އެއްވަރުވެގެން ޕެނަލްޓީ ޝޫޓްގައި ފުވައްމުލަކުގެ ބިދޭސީ ކުޅުންތެރިޔާ ޖެހި ޕެނަލްޓީ އަލިފުށީ ކީޕަރު މަތަކުރި. ސެމީއަށް ދިޔަ އަލިފުށި ކުޅެން ޖެހޭނީ މާފުށްޓާއި އައްޑޫ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާއި.
629 ދުވަސް ކުރިން - 19:34
1-1 އިން އެއްވަރުވުމުން ޕެނަލްޓީގައި 5-4 އިން މާލެ އިން ވަނީ ގުރައިދޫ ބަލިކޮށް މުބާރާތުން ކަޓުވާލާފަ. ސެމީގައި މާލެ ކުޅެން ޖެހޭނީ އޭދަފުއްޓާއި ދެކޮޅަށް.
629 ދުވަސް ކުރިން - 23:47
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި އޭދަފުށިން ނައިފަރު 5-0 އިން ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފި.
630 ދުވަސް ކުރިން - 19:17
އައްޑޫ ސިޓީގެ އިއްބެ 5 ގޯލު ޖެހިއިރު، ކުއާޓާއަށް މިހާތަނަށް ދިޔަ ހަ ޓީމަކީ ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ނައިފަރު، ކ. ގުރައިދޫ، ކ. މާފުށި އަދި އޭދަފުށި.
632 ދުވަސް ކުރިން - 02:40
ގުރައިދޫން ގްރޫޕްގެ އެއްވަނަ ހޯދައި، ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި، ހުރިހާ ގޮތަކުން އެއްވަރުވުމުން މިގްރޫޕުން ދެން ކުއާޓާ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅުމަށް ތ. ތިމަރަފުށްޓާއި ފުވައްމުލަކު ސިޓީގެ މެދުގައި ގުރުއަތުލާން ޖެހޭ.
633 ދުވަސް ކުރިން - 01:40
މާލެ ސިޓީ މޮޅުވީ 1-0 ލަނޑުން. މިއާއެކު ކުރެންދޫނކަޓައިގެން ދިޔައިރު މާލެ ސިޓީ އާއި އަލިފުށީގެ އިތުރުން، ޅ. ނައިފަރާއި ކ. ގުރައިދޫ ވަނީ ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފަ.
635 ދުވަސް ކުރިން - 08:04
ދިއްދޫއިން 2-0 ލަނޑުން މާފުށި ބަލިކުރުމުން މިހާރު ތާވަލުގެ އެއްވަނައިގައި އޮތް ދިއްދޫ އާއި ދެވަނައިގައި އޮތް މާފުއްޓަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް އޭދަފުއްޓަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވޭ.
636 ދުވަސް ކުރިން - 01:54
އަލިފުށި ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކުރެންދޫ އަތުން 1-0 އިން މޮޅުވެއްޖެ. އަޙްމަދު ހުޝާމް ޖެހި ލަނޑުން އަލިފުށި ކުއާޓަރ ފައިނަލްއާ ކައިރިވިއިރު ދެން އޮތީ މާލެއާ ކުޅޭ މެޗު.
637 ދުވަސް ކުރިން - 08:47
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި މާފުށި 2-0 ލަނޑުން ރޭ އޭދަފުށި ބަލިކުރިއިރު، އިއްޔެ ހަވީރު ފުވައްމުލަކާއި ތިމަރަފުށި އެއްވަރުވީ 1-1 ގެ ނަތީޖާއިން.
638 ދުވަސް ކުރިން - 08:21