ލަނޑު ގޯންޏަކާއެކު ނައިފަރު ބަލިކޮށް އައްޑޫ ސިޓީ ކުއާޓާއަށް

އުސްތާޛް މުޙައްމަދު ޢަލީ | 307 ދުވަސް ކުރިން - 15 ޑިސެންބަރު 2024 02:40
ފޮޓޯ: އަދަދު
ފޮޓޯ: އަދަދު
ޚުލާސާ

އައްޑޫ ސިޓީގެ އިއްބެ 5 ގޯލު ޖެހިއިރު، ކުއާޓާއަށް މިހާތަނަށް ދިޔަ ހަ ޓީމަކީ ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ނައިފަރު، ކ. ގުރައިދޫ، ކ. މާފުށި އަދި އޭދަފުށި.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މިރޭ އައްޑޫ ސިޓީން ޅ. ނައިފަރު 7-2 އިން ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. މި މެޗުގައި އައްޑޫ ސިޓީގެ ތަރިއަކަށްވީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ އެކަނި ވަނީ ފަސް ގޯލު ޖަހާފައެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި އައްޑޫ ސިޓީ ވަނީ ދ. މީދޫއާ 3-3 އިން އެއްވަރުވެފައެވެ. އެހެންނަމަވެސް މިރޭގެ މެޗުގައި އައްޑޫ ސިޓީ ނުކުތީ ވަރަށް ވަރުގަދަ ރޫހަކާ އެކުގައެވެ. މިރޭގެ ނަތީޖާއާއެކު އައްޑޫ ސިޓީން ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ.

އައްޑޫ ސިޓީގެ އަނެއް ދެ ގޯލު ޖެހީ އިސްމާއިލް އީސާ (މެސީ) އާއި ހާޒިމް ފައުޒީ (ހަތީ) އެވެ. ނައިފަރަށް ގޯލު ޖަހައިދިނީ މުހައްމަދު އިޒާން އަލީ އާއި ހުސެއިން ފައިސަލް (ފައިޓޯ) އެވެ.

މި ވަގުތު ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ އަށް ޖާގައިގެ ތެރެއިން ހަ ޖާގައެއް ވަނީ ޔަގީންވެފައެވެ. އެއީ ގުރުއަތުލައިގެން ކުއާޓާ އަށް ދިޔަ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ޅ. ނައިފަރު، ކ. ގުރައިދޫ، ކ. މާފުށި އަދި ބ. އޭދަފުށްޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%