
ފުލުހުން ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ދަތުރުކުރި އެއްވެސް އުޅަނދަކަށް ނުވަތަ އާންމު ފަރާތަކަށް އެ ސަޕްލައި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ލަސްނުކޮށް ހިއްސާކޮށްދިނުމަކީ ތަހުގީގަށް ލިބޭނެ ބޮޑު އެހީތެރިކަމެއް.
96 ދުވަސް ކުރިން - 15:40
މި އެކްސިޑެންޓާ ގުޅިގެން ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވޭ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެއް. އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ފިލި ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން.
97 ދުވަސް ކުރިން - 13:29
ޓުއާ ގާޑް ނަމަކަށް ކިޔާ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިޔަކު އޮތީ ފަރުވާދިނުމަށް އައިޖީއެމްއެޗްގަ. ލޯންޗު ވެސް އޮތީ ވަރަށް ބޮޑަށްހަލާކުވެފަ
136 ދުވަސް ކުރިން - 09:28