ލޯންޗެއްގެ ބުރަފަތިން ޖެހި މީހެއްގެ އަތް ބުރިވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 7 ގަޑިއިރު ކުރިން - 13 މޭ 2025 00:11
ލޯންޗެއް ދަތުރުކުރަނީ: ކަނޑުދަތުރުކުރާއިރު ސަމާލުވާން ޖެހޭ.
ލޯންޗެއް ދަތުރުކުރަނީ: ކަނޑުދަތުރުކުރާއިރު ސަމާލުވާން ޖެހޭ.
ޚުލާސާ

މިހާދިސާގައި ބަންގްލަދޭޝްގެ މީހާގެ ކަނާތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ އޭނާއަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުން.

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު ބިދޭސީއެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 10:30 ހާއިރުގައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާގެ ކަނާތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

އަނިޔާވި މީހާ މިހާރު ވަނީ މާލެ ގެނެސްފައެވެ. އޭނާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ސާފުވެފައެއް ނުވެއެވެ.

މިފަދަ ހާދިސާތައް ކުރިންވެސް ހިނގާފައިވާ ކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ އަހަރު އދ. އަތޮޅުގައި ލޯންޗުން ޖެހި މަރުގެ ދެހާދިސާ ހިނގާފައިވެއެވެ. އޭގެ ތެރޭގައި އދ. އަތޮޅު ރިސޯޓެއް ކައިރީގައި މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހިގެން މަރުވި ހާދިސާއާއި، އެ އަތޮޅުގެ ރަށެއް ކައިރީގައި މޫދަށް އެރި އުޅުނު ބިދޭސީއަކު ލޯންޗެއްގައި ޖެހި މަރުވި ހާދިސާ ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%