ދެ މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓުވެ، ބޮޑެތި ގެއްލުންތަކެއްވެ، ދެ މީހުންނަށް ވެސް ފަރުވާ ދޭން ފަށައިފިއެވެ.
މިއަދުގެ 05:45 ހާއިރު ކ.ގަލުފަޅު ކައިރީގައި ހިނގި މި ހާދިސާގައި ގެއްލުންވީ "TOUR GUARD" ނަމަކަށް ކިޔާ ލޯންޗާއި, އެއުޅަނދުން ދަތުރުކުރި ކެޕްޓަން އަދި ފަޅުވެރިޔަކަށެވެ. އެ ދެމީހުންނަށް ސީރިއަސް އަނިޔާތަކެއްވެ، މިވަގުތު އޮތީ އައި.ޖީ.އެމް ހޮސްޕިޓަލްގައެވެ.
ތާށިވެފައިވާ ކައްޕި ސަލާމަތް ކުރުމަށް މެރިން ޕޮލިހުން މަސައްކަތް ކުރާ މަންޒަރު
Advertisement

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ، 2 މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި މިހާތަނަށް ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.







