ސިނަމާލެ ބުރިޖު ކައިރިން ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު ފުލުހުން ބުނީ ލޯންޗުގައި ތިބި އެންމެންވެސް ދަލާމަތް ކުރެވިފައިވާ ކަމަށާއި އޭގައި ތިބީ 4 މީހުންނެވެ.
އެމްއެންޑީއެފްއިން ބުނީ ބަންޑުން ޖަހާލި ލޯންޗުގައި ތިބީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އަދި މި ހާދިސާގައި ހިމެނޭ އެންމެން ވަނީ ސަލާމަތްކުރެވިފައިވާއިރު، އޭގެތެރެއިން 2 މީހަކަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެނގިފައިވާ ގޮތުގައި މި ލޯންޗަކީ މަސްވެރިކަން ކުރަން ނުކުމެ އުޅުނު ލޯންޗެކެވެ.






