މިރޭ ހުޅުމާލެ ނެރުކައިރިން ދެލޯންޗު ޖެހި އެކްސިޑެންޓުވެ އަނިޔާވި ދެމީހަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު، ވަގުތުން ފުލުހުން ވަނީ އެ ސަރަޙައްދަށް ދަތުރުކޮށް އަނިޔާވި މީހުންނަށް އެހީތެރިވެދީފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް ލޯންޗުގައި ތިބި ދެ ފިރިހެނުންނަށެވެ. ފުލުހުންގެ އެހީތެރިކަމާއެކު އަނިޔާވި ދެމީހުން ވަނީ ފަރުވާ ހޯދުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަަށާއި ފުލުހުންގެ ޓީމުތަކެއް ދަނީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އަނިޔާވީ ކޮން ބަޔަކަށް ކަމާއި ލިބިފައިވާ އަނިޔާތަކުގެ ތަފްޞީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.






