ދެ ޤައުމުގެ މެދުގައި ޢިލްމީ ކުރިއެރުންތައް ހިއްސާކުރުމާއި، ޤާބިލްކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް މި ބައްދަލުވުމުގައި އަލިއަޅުވާލައްވާފައިވޭ.
594 ދުވަސް ކުރިން - 11:26
އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއް ކަމަށާއި އެސްޓޯނިއާގެ ތަޖުރިބާއިން އިބުރަތް ލިބިގަންނަންޖެހޭކަމަށް ރައީސް ވިދާޅުވި.
594 ދުވަސް ކުރިން - 10:48
ދެ ޤައުމަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާއި ދެ ޤައުމުގައި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި.
594 ދުވަސް ކުރިން - 08:36
ރަޝިއާ-ޔުކްރޭނު މައްސަލައިގައިވެސް ދެ ރައީސުން މަޝްވަރާ ކުރެއްވި. އަދި ދުނިޔޭގެ ސަލާމަތާއި ގުޅޭ އެހެނިހެން މައްސަލަތަކާއި ބެހޭގޮތުންވެސް ޚިޔާލު ބަދަލުކުރެއްވި.
594 ދުވަސް ކުރިން - 01:29
އެސްޓޯނިއާގެ ރައީސް ވަނީ، ރައީސް ޑރ. މުޢިއްޒުގެ ޑިޖިޓަލް ވިސްނުންފުޅާއި ޕްރޯ ތަޞައްވަރަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގައި ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ.
594 ދުވަސް ކުރިން - 01:02
މި ދަތުރުފުޅުގައި ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ މައްސަލަތަކާއި ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ޕާޓްނަރޝިޕްގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ވަނީ ހަމަޖެހިފައި.
594 ދުވަސް ކުރިން - 18:59
ރައީސް އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ޑިޖިޓަލް ޓެކްނޮލޮޖީ، ތިމާވެށި ރައްކާތެރިކުރުން އަދި ފަތުރުވެރިކަމުގެ ދާއިރާތަކުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ.
596 ދުވަސް ކުރިން - 21:12
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށާއި ޑިޖިޓަލް ދާއިރާއިން އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެ.
596 ދުވަސް ކުރިން - 21:01