މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ޚާއްޞަކޮށް ޣައްޒާގެ ހާލަތާ ބެހޭގޮތުން އެސްޓޯނިއާގެ ރައީސް އަލަރ ކާރިސް އާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ކަޑްރިއޯގް ގަނޑުވަރުގައި އޮތް ޚާއްޞަ ބައްދަލުކުރެއްވުމުގައި، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާއިމެދު ކަންބޮޑުވާ ކަމަށާއި އެއީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޗާޓަރުގެ އުސޫލުތަކާއި ޚިލާފް ކަންތައްތައް ކަމަށެވެ. އެކަމުގައިނޔަހޫދީނދައުލަތަށް އަދަބު ލިބެން ޖެހޭނެކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޣައްޒާގެ ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް، ރާއްޖެ ފަދަ ޤައުމުތަކަށް ވެސް ކުރާ ކަމަށާއި، މި މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން ރަޝިއާ-ޔުކްރޭނު މައްސަލައިގައިވެސް ދެ ރައީސުން މަޝްވަރާ ކުރެއްވިއެވެ. އަދި ދުނިޔޭގެ ސަލާމަތާއި ގުޅޭ އެހެނިހެން މައްސަލަތަކާއި ބެހޭގޮތުންވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.








