އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައި.
621 ދުވަސް ކުރިން - 23:37
އަމިންއެވެނިއުގައިހުރި ބައްސާމް ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ބައްސާމްގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީ މިމަހުގެ 8ވަނަ ދުވަހު. އެކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށް.
688 ދުވަސް ކުރިން - 13:31
ގ.ފަހިވާގޭ ބައްސާމް އަދީލް ޖަލީލްގެ މިލްކިއްޔާތުގައި ހުޅުމާލޭ އަމީން އެވެނިއު އޯކް ގައި ހުރި ދެ ޕެންޓްހައުސް ފުލުހުންނާއި ހަވާލުކޮށްފި
696 ދުވަސް ކުރިން - 00:49
ފުލުހުން ވަނީ ބައްސާމަށް ތަން ހުސްކުރަން އިއްޔެވެސް ވަގުތު ދީފަ. ފުލުހުން ބުނީ މާދަމާރޭ 12އާއި ހަމަޔަށް ހުސް ނުކޮށްފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް
698 ދުވަސް ކުރިން - 20:29
އެޕާޓްމެންޓްތައް ގަތުމަށް ފީފާއިން ނެގި ލޯނުގެ ފައިސާ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ބައްސާމް އަދީލްގެ ހުޅުމާލޭ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުން މި މަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްފި.
698 ދުވަސް ކުރިން - 23:19
އެނގިފައިވާ ގޮތުގައި މިމަސް ނިމުމުގެ ކުރިން އެތަން ހުސް ކުރުމަކީ ދަތިކަމެއް ކަމަށާއި މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ބައްސާމުގެ ފަރާތުން ވަނީ އެދިފަ
699 ދުވަސް ކުރިން - 11:38
ކޯޓު ހުކުމުގައިވާ ގޮތުން، އެފްއޭއެމް އާއި ޓީކުއިން ކޮންސްޓްރަކްޝަން ދެމެދު 2021 ގެ މާރިޗު 20 ގައި ވެވުނު އެއްބަސްވުމުގެ ދަށުން، ވިލިމާލެ އަދި ހުޅުމާލޭގެ ފުޓްބޯޅަ ދަނޑުތަކުގެ އަގާއި، ހުޅުމާލޭގެ އަލުން އިމާރާތްކުރުމުގެ މަސައްކަތުގެ އަގު، އަދި އެހެނިހެން ޚަރަދުތަކަށް ޖުމްލަ 52,150,440 ރުފިޔާ ދެއްކުމަށް އެފްއޭއެމްއަށް އަންގާފައިވޭ. މި ފައިސާ މި މަހުގެ 1 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަމުރުކޮށްފައި.
700 ދުވަސް ކުރިން - 15:13