ބައްސާމް ވަނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް މިމަހުގެ 31 ގެ ނިޔަލަށް މުއްދަތު އިތުރު ކުރުމަށް އެދިފަ

އުސްތާޛް މުޙައްމަދު ޢަލީ | 420 ދުވަސް ކުރިން - 6 އޮކްޓޯބަރު 2024 11:38
ފޮޓޯ:ސޯޝަލްމީޑިއާ
ފޮޓޯ:ސޯޝަލްމީޑިއާ
ޚުލާސާ

އެނގިފައިވާ ގޮތުގައި މިމަސް ނިމުމުގެ ކުރިން އެތަން ހުސް ކުރުމަކީ ދަތިކަމެއް ކަމަށާއި މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ބައްސާމުގެ ފަރާތުން ވަނީ އެދިފަ


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ބުނާ ދެ އެޕާޓްމަންޓް ހަވާލުކުރުމަށް ފުލުހުންގެ ޚިދުމަތުގައި އިތުރު ވަގުތަށް އެދިއްޖެ އެވެ.

އަމީން އެވެނިއު އޯކް އިން ބައްސާމް ގަނެފައިވާ 2 ޕެންތުހައުސް މިއަދުގެ ނިޔަލަށް ފުލުހުންނާއި ހަވާލުކުރަން ޖެހޭ ގޮތަށް އޮތްއިރު ފުލުހުން ކުރިން ބުނެފައި ވަނީ އެޕާޓްމަންޓްތައް މިއަދަށް ހަވާލު ނުކޮށްފިނަމަ ހިފެހެއްޓޭނެ އެވެ.

އެނގިފައިވާ ގޮތުގައި މިމަސް ނިމުމުގެ ކުރިން އެތަން ހުސް ކުރުމަކީ ދަތިކަމެއް ކަމަށާއި މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ބައްސާމުގެ ފަރާތުން ވަނީ އެދިފައެވެ

ބައްސާމްގެ މައްޗަށް އުފުލާފައިވާ މައްސަލައިގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދީފައިވާ 1 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ އެފައިސާ މާރުކުރުމަށްފަހު ކޮމިޝަން ފައިސާއިން އެޕާޓްމަންޓްތައް ގަނެފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%