Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާފަރާއި ކުޑަފަރީގެ ސިއްހީ މަރުކަޒު ތަރައްގީކުރަން ހަވާލުކޮށްފި

މާފަރާއި ކުޑަފަރީގެ ސިއްހީ މަރުކަޒު ތަރައްގީކުރަން ހަވާލުކޮށްފި

އަހްމަދު އީޒާން
356 ދުވަސް ކުރިން - 21 ޖުލައި 2025 09:13
ކުޑަފަރީ ސިއްހީ މަރުޒަކުގެ އާ އިމާރާތުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ހެލްތު މިނިސްޓްރީ
ކުޑަފަރީ ސިއްހީ މަރުޒަކުގެ އާ އިމާރާތުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ހެލްތު މިނިސްޓްރީ
ޚުލާސާ

މާފަރާއި ކުޑަފަރީގެ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ އެމްޓީސީސީ އާއި ފެނަކައާއެކު.

ނ. މާފަރާއި އެ އަތޮޅު ކުޑަފަރީގެ ސިއްހީ މަރުކަޒު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

މާފަރާއި ކުޑަފަރީގެ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ދެ ކުންފުންޏަކާއެކު ސޮއިކުރީ މިނިސްޓްރީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުޑަފަރީ ސިއްހީ މަރުޒަކުގެ އާ އިމާރާތުގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް، 27.6 މިލިއަން ރުފިޔާއަށް ކަމަށެވެ.

މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް، 10.9 މިލިއަން ރުފިޔާއަށް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން މާފަރު ސިއްހީ މަރުކަޒަށް ހަތަރު އެނދުގެ ވޯޑެއް އިތުރުކޮށް، ޕްރައިވެޓް ރޫމަކާއި ނާސިން ސްޓޭޝަންނަކާއި މީޓިން ހޯލަކާއި ޕަބްލިކް ހެލްތު ޔުނިޓްގެ އިތުރުން ޕޯޓިކޯ ގާއިމްކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާސިއްހަތުނ. ކުޑަފަރިއެމްޓީސީސީފެނަކަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

1 ދުވަސް ކުރިން - 23:18

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

1 ދުވަސް ކުރިން - 22:51

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

4 ދުވަސް ކުރިން - 20:10

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިންމާލައިފި

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިންމާލައިފި

10 ދުވަސް ކުރިން - 10:22

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރުުސްޕީޑުގައި: ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

11 ދުވަސް ކުރިން - 21:38

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

18 ދުވަސް ކުރިން - 23:52