ކާނާ ހޯދަން ދިޔަ ޣައްޒާގެ 130 މީހެއްގެ ގައިގައި ހުޅުރޯކޮށް ޝަހީދުކޮށްލައިފި

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 19 ޖުލައި 2025 16:13
ޣައްޒާގައި އެމެރިކާ އާއި އިސްރާއީލުން ހިންގާ ހިންގާ މަރުކަޒެއްގައި ކާބޯތަކެތި ބެހުމުގެ ތެރޭގައި އަނިޔާވި ފަލަސްތީނުގެ ރައްޔިތުންނަށް ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލްގެ މިއަދު ފަރުވާދެނީ / (ފޮޓޯ: އޭޕީ)
ޣައްޒާގައި އެމެރިކާ އާއި އިސްރާއީލުން ހިންގާ ހިންގާ މަރުކަޒެއްގައި ކާބޯތަކެތި ބެހުމުގެ ތެރޭގައި އަނިޔާވި ފަލަސްތީނުގެ ރައްޔިތުންނަށް ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލްގެ މިއަދު ފަރުވާދެނީ / (ފޮޓޯ: އޭޕީ)
ޚުލާސާ

ބަނޑަށްޖެހިފައިވާ ޣައްޒާ ރައްޔިތުންގެ ތެރެއިން ފާއިތުވެ 48 ގަޑިއިރުތެރޭ ކާނާ ހޯދަން އެހީ ބަހާ މަރުކަޒުތަކަށް ދިޔަ 130 މީހުންގެ ގަޔަށް އިސްރާއީލުން ބޮންއަޅައި ރޯކޮށް ޝަހީދުކޮށްލައިފި.

ޣައްޒާގައި އެހީ ބަހާ މަރުކަޒަށް ކާނާ ހޯދަން ދިޔަ މުސްލިމުންގެ ގަޔަށް ބޮން އަޅައި ރޯކޮށް 130 އަށް ވުރެ ގިނަ މީހުން ފާއިތުވި 48 ގަޑިއިރުތެރޭ ޝަހީދު ކޮށްލައިފި ކަމަށް މެދުއިރުމަތީގެ ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޣައްޒާ އަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިޘާ ކޮންޓްރޯލް ނުކުރެވޭ ވަރަށް ބޮޑުވަމުންދާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ އިންޒާރުވެސް ދީފައެވެ.

ޣައްޒާގައި މީގެ ކުރިން އެހީ ބެހުމުގެ ކަންކަން ކުރިޔަށް ގެންދިޔައީ އދ. ގެ ބެލުމުގެ ދަށުން ޙަމާސް އިންނެވެ. ނަމަވެސް އެކަން ހުއްޓުވައި، މިހާރު އެ އެހީތައް ޣައްޒާގައި ބަހަމުން ދަނީ އިސްރާއީލާއި ގުޅުން ހުރި ޖަމިއްޔާތަކުން ގުޅިގެންނެވެ. އެއާއެކު، މިހާރު ޣައްޒާގައި ކާނާ ބަހާ މަރުކަޒުތަކަކީ އިސްރާއީލުން ޣައްޒާ ރައްޔިތުން ޝަހީދުކުރުމަށް ބޭނުންކުރާ ދަންތުރަތަކެއް ކަމަށް އިންސާނީ އެހީދޭ ފަރާތްތަކުން ސިފަކުރެއެވެ.

އިއްޔެ ދެކުނު ޚާން ޔޫނިސްގައި ވެސް މަދުވެގެން 32 މީހުންގެ ގަޔަށް ބޮން އަޅައި އަލިފާން ރޯކޮށް ޝަހީދުކޮށްލިއެވެ. އަދި ކާބޯތަކެތި ހޯދަން އެހެން ކިއުއަކަށް އަރައި ތިބި އިތުރު 26 މީހުން ވެސް ޝަހީދުކޮށްލިއެވެ. މިއަދު އެކަނިވެސް 50 އަށް ވުރެ ގިނަ މުސްލިމުންގެ ޝަހީދުވެފައިވާ ހަށިތައް އެއްކުރަން ޖެހުނު ކަމަށް ހަމާސް އާއި ގުޅުން ހުރި ޗެނަލްތަކުން ބުނެއެވެ.

ޣައްޒާގެ ރައްޔިތުންނަށް ޙަމަލާދީ ނަސްލު ހުސްކޮށްލަން ހިންގަމުންދާ ޖަރީމާ ތަކުގައި މިހާރު ވެސް 1 ލައްކަ އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޙަމާސް އިން ބުނެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ މަސްދަރުތަކުން ބުނާ ޢަދަދު މިއަށްވުރެ މަދެވެ.

އިސްރާއީލުން މިހާރު ދަނީ ޣައްޒާގެ ބިމުގެ 60 އާއި 80 އިންސައްތަ އާއި ދެމެދުގެ ބައެއް ޞުލްޙަވެރިކަމާއެކު ޔަހޫދީންނަށް ދީފިނަމަ ހަނގުރާމަ މުޅީން ހުއްޓައިލާނެ ކަމަށް ޙަމާސް އަށް އަންގާފައެވެ. ނަމަވެސް ޙަމާސްއިން ބުނީ ޣައްޒާގެ ބިމުން އެންމެ އިންޗިއެއް ވެސް ޔަހޫދީ ދައުލަތަށް ދޭން ބޭނުން ނުވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%